Ads by Stelco

ޚަބަރު

ނޯތު ހާބަރުގައި މަސްވެރިިންނަށް ޙާއްޞަކޮށް ޑިޒައިން ކުރާ ސަރަހައްދުން ފެނާ، ކަރަންޓުގެ އިތުރުން ތެޔޮވެސް ލިބޭނެ

ނޯތު ހާބަރުގައި މަސްވެރިިންނަށް ޙާއްޞަކޮށް ޑިޒައިން ކުރާ ސަރަހައްދުން ފެނާ، ކަރަންޓުގެ އިތުރުން ތެޔޮވެސް ލިބޭނެ

މާލޭ ނޯތު ހާބަރު: ފޮޓޯ- އެމްޕީއެލް

farudhun logo

ފަރުދުން

30 ޖުލައި 2025، 12:35

30 ޖުލައި 2025، 12:35

ނޯތު ހާބަރުގައި މަސްވެރިިންނަށް ޙާއްޞަކޮށް ޑިޒައިން ކުރާ ސަރަހައްދުން ފެނާ، ކަރަންޓުގެ އިތުރުން ތެޔޮވެސް ލިބޭނެ ކަމަސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލުން ވިދާޅުވީ، މާލޭ ނޯތު ހާބަރުގައި މަސްވެރި އޮޑިފަހަރަށް ޚާއްޞަކޮށްފައިވާ ސަރަހައްދު ޑިޒައިން ކުރާނީ މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނުވާނެހެން ކަމަށްވެސް ޕޯޓްސްއިން މަޢުލޫމާތުދެއެވެ. 

އެމްޕީއެލުން ވިދާޅުވީ މިހާރުވެސް އެއްވެސް ދަތިކަމަކާނުލާ މަސްވެރި އުޅަންދުތަކަށް ނޯތު ހާބަރު ބޭނުންކުރެވޭނެ ކަމަށާއި، އިތުރަށް ތަރައްޤީ ކުރާނީ އެންމެ ރަނގަޅު އަދި ލުއިފަސޭހަ ގޮތަކީ ކޮބައިތޯ ބެލުމަށްފަހުގައި ކަމަށެވެ. ހަމައެއާއެކު، މިހާރު ދިމާވާ އެންމެ ބޮޑު ދަތި ކަމުގައިވާ، ސަޕްލައި ދޯނި ނުވަތަ މުދާ އުފުލާ ދޯނި އަޅާފައި އޮތުމުން ބޭނުންޖެހޭ ވަގުތު އެ ސަރަހައްދުން ޖާގަ ނުލިބުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެމްޕީއެލުން ވިދާޅުވިއެވެ.

މަސްވެރި އުޅަނދުތަކަަށް ޚާއްޞަކޮށް ޑިޒައިންކުރާ ސަރަހައްދުގައި ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެކަން އެމްޕީއެލުން ފާހަގަ ކުރިއެވެ. އަދި ކިއު ތަރުތީބުން 25 އުޅަނދަކަށް ވެއިޓިިންގައި ތިބެވޭނެ އިންތިޒާމުވެސް ހަމަޖައްސައި ދެއްވާނެ ކަމަަށް އެމްޕީއެލުން ވިދާޅުވިއެވެ. 

މިދިޔަ ޖޫން މަހުން ފެށިގެން މާލޭ ނޯތު ހާބަރު ހިންގަމުން އަންނަނީ އެމްޕީއެލުންނެވެ. އެމްޕީއެލުން ހިންގަން ފެށުމާއިއެކު އެ ސަރަހައްދަށް މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އުޅަނދުތަށް މިފެށޭ އޯގަސްޓު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ވަނީ ފުރުސަތު ދީފައެވެ. ނޯތު ހާބަރުގައި ރަޖިސްޓްރީ ކުރުމަށް local.port.mv އިން އެދެވޭނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން