ދުނިޔެ

ރަޝިއާއަށް ސުނާމީގެ ހަތަރުވަނަ ރާޅު އަރައިފި

ރަޝިއާއަށް ސުނާމީގެ ހަތަރުވަނަ ރާޅު އަރައިފި

ރަޝިއާގެ ސަކަލިން ސަރަހައްދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2025، 11:57

30 ޖުލައި 2025، 11:57

ރަޝިއާގެ ސަކަލިން ސަރަހައްދުގެ ސެވަރޯ-ކުރިލްސްކްއަށް ސުނާމީގެ ހަތަރުވަނަ ރާޅު އަރައިފި ކަމަށާއި، ނަމަވެސް އެ ރާޅު ވަރަށް ކުޑަކަމަށް  އެ ސަރަހައްދުގެ މޭޔަރު އަލެގްޒެންޑަރ އޮވްސިއަންނިކޮވް ވަނީ އިންޓަރފެކްސް ނިއުސް އެޖެންސީއަށް ވިދާޅުވެފައެެވެ.

މޭޔަރު ވިދާޅުވީ، އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ ސުނާމީގެ ތިންވަނަ ރާޅުން ކަމަށެވެ.

އެންމެ ބޮޑު ގެއްލުމެއް ކުރީ ތިންވަނަ ރާޅުން. އެ ރާޅުން ބަނދަރުގެ ވަސީލަތްތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވޭ؛ ކުދި ބޯޓުފަހަރާއި އަދި ކަނޑުދަތުރުކުރާ އުޅަނދުފަހަރު ކަނޑަށް ދަމައިގަނެފައިވާއިރު، މިހާރު އެ އުޅަނދުފަހަރު ވަނީ ކަނޑުގެ ފުން ސަރަހައްދުތަކުގައި ތާށިވެފައި އަދި ބައެއް އުޅަނދުފަހަރު ވަނީ އެއްގަމަށް ޖެހިފައި  

މޭޔަރު

ސުނާމީގެ އިންޒާރު އަދިވެސް ވަނީ ދީފައެވެ. ނަމަވެސް ސެވަރޯ-ކުރިލްސްކްގައި އެ އިންޒާރު ދެނީ ބަނދަރު ސަރަހައްދަށް ޚާއްސަކޮށެވެ. މޭޔަރު އިތުރަށް ވިދާޅުވީ، ސިޓީގެ ރައްކާތެރި ސަރަހައްދެއްގައި ހުންނަ ފަރުބަދައެއްގެ މަތީގައި ހުންނާތީ ސިޓީއަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަމްޗެޓްކާ ކައިރީގައި ބާރުގަދަ ބިންހެލުމެއް އައިސް، ސެވަރޯ-ކުރިލްސްކްއަށް ސުނާމީގެ އިންޒާރު ދިނުމާއެކު، ސުނާމީގެ ނުރައްކާ އޮތް ސަރަހައްދުތަކުން އެންމެން ހިމާޔަތްކުރުމުގެ ގޮތުން ވަނީ ހުސްކޮށްފައެވެ.

ބިންހެލުމާއި ސުނާމީގެ ސަބަބުން ދިމާވި ޙާދިސާތަކާއި ގުޅިގެން  ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން