ސައިންސް

ކަކުލުން ލޭ އޮހޮރުވުން: ނަލަމަޑީގެ ރައްކާތެރިކަމުގެ ފިޔަވަޅު

ކަކުލުން ލޭ އޮހޮރުވުން: ނަލަމަޑީގެ ރައްކާތެރިކަމުގެ ފިޔަވަޅު

ނަލަމަޑިއެއްގެ ކަކުލުން ލޭ އަންނަނީ.

30 ޖުލައި 2025، 11:57

ދިރޭތަކެތީގެ ތެރެއިން ނަލަމަޑި (ladybird/ladybug) އަކީ ކުލަގަދަ ރީތި ތޮށިގަނޑެއްގެ ވެރި ސުތްޕެކެވެ. މިތޮށިގަނޑުގެ ޗާލުކަމާއި ނަލަކަމުގެ އިތުރުން، ބޮޑެތި ސޫފިތަކަށް އިންޛާރުދިނުމަކީ ވެސް މިތޮށިގަނޑުގެ ފައިދާ އެކެވެ. ނަމަވެސް، ނަލަމަޑީގެ ރައްކާތެރިކަމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ޙައިރާންކުރަނިވި ކަމަކީ އެސޮރުގެ ކަކުލުން ލޭ އޮހޮރުވާ ގޮތެވެ.

ނަލަމަޑިއަށް އެސޮރުގެ މާޙައުލުން ނުރައްކާތެރިކަމުގެ އިޙުސާސެއް ކުރެވިއްޖެ ނަމަ، އެސޮރުގެ ކަކުލު ހުޅުން ރީނދޫކުލައިގެ ލެއެއް އޮހޮރުވާލައެވެ. މިއީ ރައްކާތެރިކަމުގެ މާ ބޮޑު ފިޔަވަޅެއް ހެން އަޅުގަނޑުމެންނަށް ހީ ނުވިޔަސް، މިލެއަކީ ވިހަ، ވަރުގަދަ ލެއެކެވެ. ސައިންވެރިން މިކަމަށް ކިޔަނީ "ރީފްލެކްސް ބްލީޑިންގ" އެވެ. މިލޭ އޮހޮރުވުމަކީ ނުރައްކަލުގެ ޙާލަތުގައި ނަލަމަޑިއަށް ބޭ އިޚުތިޔާރުގައި ކުރެވޭ ކަމެކެވެ.

ކަކުލުން ލޭ އައިމާ ރައްކާތެރިކަން ލިބެނީ ކިހިނެއް؟

ނަލަމަޑީގެ ހުޅުތަކުން އަންނަ ލެއަކީ، ވަހާއި ރަހަ ނުބައި، ވިހަކަން ގަދަ ލެއެކެވެ. އެލޭގައި އެސޮރުގެ ހަށިގަނޑުން އުފައްދާ ގިނަ "ޓޮކްސިން" ތަކެއް ހުރެއެވެ. މިކަމުގެ ސަބަބުން، މިލެއާ ގާތް ވާ ޝިކާރަވެރި ސޫފިތަކަށް ބަލިތައް ޖެހި އުނދަގޫ ވެއެވެ. ނަލަމަޑީގެ ހަށިގަނޑު ނުހަނު ކުޑަވެފައި ބަލިކަށި ވުމުން، މިރައްކާތެރިކަމުގެ ފިޔަވަޅަކީ އެސޮރު ދިރިހުރުމަށް މުހިންމު ފިޔަވަޅަކަށް ވެގެން ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން