ދުނިޔެ

ސުނާމީގެ ސަބަބުން ޖަޕާނުގައި ދެ މިލިއަނާ ގާތްކުރާ އަދަދެއްގެ ރައްޔިތުން ގެދޮރުދޫކޮށްލައިފި

ސުނާމީގެ ސަބަބުން ޖަޕާނުގައި ދެ މިލިއަނާ ގާތްކުރާ އަދަދެއްގެ ރައްޔިތުން ގެދޮރުދޫކޮށްލައިފި

ޖަޕާނުގެ ވަގުތީ ހިޔާއެއްގެ ތެރޭގައި މީހުން ޖަމާވެފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2025، 11:38

30 ޖުލައި 2025، 11:38

ޖަޕާނުގައި ސުނާމީގެ ރާޅުތައް އަރައި، ގައުމުގެ އެކި ހިސާބުތަކަށް ދަތުރުފަތުރުގެ ހުރަސްތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ދެ މިލިއަނާ ގާތްކުރާ އަދަދެއްގެ ރައްޔިތުން އެކި ސަރަޙައްދުތަކުން ގެދޮރުދޫކޮށް، ސަލާމަތީ ތަންތަނަށް ދިޔުމަށް އަންގައިފިއެވެ.

މިކަމާ ގުޅޭގޮތުން ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ނެރެފައިވާ އަމުރެއްގެ ދަށުން 1,905,596 މީހުންނަކީ ޖަޕާނުގެ 21 ޕްރިފެކްޗަރއެއްގައި ތިބި މީހުންނެވެ. ގިނަ އަދަދެއްގެ މީހުން ގޯތިދޫކޮށްފައި ވަނީ ހޮކައިޑޯ، ކަނަގަވާ އަދި ވަކަޔާމާ ޕްރިފެކްޗަރތަކުންނެވެ.

ޖަޕާނުގެ އުތުރުގައި އޮންނަ ރަށްކަމަށްވާ ހޮކައިޑޯއަށް ފުރަތަމަ ރާޅުތައް އެރިއިރު، ރޮއިޓަރސް އާއި ނިޕަން ނިއުސް ނެޓްވޯކްގެ ފޮޓޯތަކުން ދައްކާ ގޮތުގައި، އެ ރަށުގެ ރައްޔިތުން ވަނީ ގޭގޭގެ ފުރާޅުމަތީގައި ހިމާޔަތް ހޯދާފައެވެ. ހެނދުނު، އެ ރަށުގެ ބައެއް ސަރަޙައްދުތަކުން ސުނާމީ ސައިރަންގެ އަޑު އިވިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން