ދުނިޔެ

ރަޝިއާގެ ކްލިއުޗެވްސްކޯއި އަލިފާން ފަރުބަދަ ގޮވަންފަށައިފި ، އުސްމިނުގައި 3 ކިލޯމީޓަރަށް ދުމާއި ލާވާ ބޭރުކޮށްފި

ރަޝިއާގެ ކްލިއުޗެވްސްކޯއި އަލިފާން ފަރުބަދަ ގޮވަންފަށައިފި ، އުސްމިނުގައި 3 ކިލޯމީޓަރަށް ދުމާއި ލާވާ ބޭރުކޮށްފި

ރަޝިއާގެ ކްލިއުޗެވްސްކޯއި އަލިފާން ފަރުބަދަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2025، 11:27

30 ޖުލައި 2025، 11:27

ރަޝިއާގެ އިރުމަތީގައިވާ ކަމްޗަޓްކާ ސަރަހައްދުގައި ގާއިމްވެފައިވާ ކްލިއުޗެވްސްކޯއި އަލިފާން ފަރުބަދައިން، ކަނޑުގެ ސަތަހައަށްވުރެ 3 ކިލޯމީޓަރު (1.8 މޭލު) އުސްމިނަށް އަޅިތައް ބޭރުކޮށްފައިވާ ކަމަށް ރަޝިއަން އެކަޑަމީ އޮފް ސައިންސަސްގެ އިންސްޓިޓިއުޓް އޮފް ވޮލްކެނޯލޮޖީ އެންޑް ސައިސްމޮލޮޖީގެ ކަމްޗަޓްކާ ވޮލްކެނިކް އިރަޕްޝަން ރެސްޕޯންސް ޓީމް (ކޭވީއީއާރުޓީ) އިން ބުނެފިއެވެ.

އިންޓަރފެކްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޭވީއީއާރުޓީގެ ބަޔާނެއްގައި ބުނެފައިވަނީ "އަޅީގެ ދުންގަނޑު މިހާރު ފަރުބަދައިގެ އިރުމަތީ ފަރާތަށް 58 ކިލޯމީޓަރަށް (36 މޭލަށް) ފެތުރިފައިވާ" ކަމަށެވެ. އަދި، ފަރުބަދަ ގަދަޔަށް ގޮވަމުންދާ ކަމަށާއި، ކަނޑުގެ ސަތަހައިން މައްޗަށް 8 ކިލޯމީޓަރަށް (4.9 މޭލަށް) ވެސް އަޅި ބޭރުވެދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.

މި ހަރަކާތްތަކުގެ ސަބަބުން ތިރިން ދަތުރުކުރާ މަތިންދާބޯޓުތަކަށް އަސަރުކޮށްފާނެ ކަމަށް ވެސް ކޭވީއީއާރުޓީން ބުނެއެވެ.
އޭގެ އިތުރުން ކޭވީއީއާރުޓީން ވަނީ، އަލިފާން ފަރުބަދައިގެ އަނގަމަތި މިހާރު ހޫނު ލާވާ ނުވަތަ އަލިފާނުން ފުރިފައިވާ ކަމަށާއި، އަލިފާން ފަރުބަދައިން ހޫނު މާއްދާތައް ފައިބަން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ހާމަކޮށްފައެވެ.

މަތިންދާބޯޓު ދަތުރުތަކަށް އޮތް ނުރައްކަލުގެ ސަބަބުން ކޭވީއީއާރުޓީން ވަނީ މި އަލިފާން ފަރުބަދައަށް އޮރެންޖު ކުލައިގެ ކޯޑެއް ދީފައެވެ. ނަމަވެސް، މި ސަރަހައްދުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ މަގުތައް ގިރާނުވާ ކަމަށް ވެސް ކޭވީއީއާރުޓީން ފާހަގަކުރެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން