ދުނިޔެ

ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 60،000 އަށް އަރައިފި

ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 60،000 އަށް އަރައިފި

ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 60،000 އަށް އަރައިފި

farudhun logo

ފަރުދުން

29 ޖުލައި 2025، 05:05

29 ޖުލައި 2025، 05:05

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން 60،000 އަށް ވުރެ ގިނަ ފަލަަސްޠީނު މީހުން ޝަހީދުވެއްޖެ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހޯމަ ދުވަހު ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު  60،034 އަށް އަރާފައިވާއިރު،  145،870 މީހުން މި ހަނގުރާމައިގައި ޒަޚަމްވެފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 112 ފަލަސްޠީނު މީހުން ޝަހީދުކޮށްފައިވާއިރު، އެހީ ހޯދަން ދިއުމުގެ ތެރޭގައި 22 މީހުން ޝަހީދުވި ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. 

އިޒްރޭލުގެ މި ހަނގުރާމައިގައި ކާބޯތަކެތި ނުލިބިގެން ޣައްޒާގެ ކޮންމެ ތިނަކުން އެކެއް މަރުވާ ކަމަށް އެންމެ ފަހުގެ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން ފާހަގަކޮށްލަން ޖެހެއެވެ. 

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެމީހުންގެ އޮޕަރޭޝަންތަކަށް ކޮންމެ ދުވަހަކު ވަގުތީ ހުއްޓުމެއް ގެނެސް، އެހީގެ ތަކެތި ސަލާމަތުން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް އިއުލާނުކޮށްފައެވެ. އަސްކަރިއްޔާ އިން އިއުލާނުކުރި ގޮތުގައި، ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ތިން ކަނޑައެޅިފައިވާ ސަރަހައްދުގައި ހަރަކާތްތައް ހުއްޓާލާނެއެވެ. މިއީ އެހީދޭ އިދާރާތަކަށް ހަރަކާތްތެރިވެ، ފުރާނަ ސަލާމަތްކުރަން ލިބޭ ކުރު ނަމަވެސް މުހިންމު ފުރުސަތެކެވެ.

އިޒްރޭލުން 7 އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށީ  ޣައްޒާގެ  ހަމާސް ހަނގުރާމަވެރިން އިސްވެ އޮވެ އިޒްރޭލުގެ ދެކުނަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 މީހުން އިޒްރޭލުން މަރުވެ 251 މީހުން ރަހީނުކުރުމާއި ގުޅިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން