Ads by Stelco

ޚަބަރު

ސްޓެލްކޯގެ ފުޅަނދު- މިނިވަންކަމާއި ސްޓެލްކޯއާއި އޮތް ގުޅުން

ސްޓެލްކޯގެ ފުޅަނދު- މިނިވަންކަމާއި ސްޓެލްކޯއާއި އޮތް ގުޅުން

ފޮޓޯ: މިހާރު

ރާޔާ ރިޟާ

ރާޔާ ރިޟާ

29 ޖުލައި 2025، 04:09

29 ޖުލައި 2025، 04:09

މިއަހަރު ފާހަގަކުރަމުންމިދާ 60 ވަނަ މިނިވަން ދުވަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފުޅަނދުން ދައްކުވައި މިދެނީ، އިޢާދަކުރަނިވި ހަކަތައާއި ތެޔޮ ބޭނުންކޮށްގެން ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރާ މަސައްކަތްތަކެއްކަމަށް އެކުންފުނިން ބުނެފައިވެ އެވެ. ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދޭ އަތޮޅުތަކުގެ ރަށްތަކަށް ރައްކާތެރި ސާފުބޯފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރަމުންގެންދާ މަސައްކަތްތަކާ މިނިވަންކަމާއޮތް ގުޅުން މި ފުޅަނދުބުރުގެ މަންޒަރުތަކުން އެކުންފުނިން ދައްކުވައިދީފައިވެ އެވެ. 

ސްޓެލްކޯއިން ތައްޔާރުކުރި ފުޅަނދުގައި ބޭނުންކޮށްފައިވާ ލެޑް ލައިޓް ތަކުންނާއި ދިއްލޭ ކޮކާތަކުގެ ފިޔަގަނޑުތަކުން ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި، ދިވެހީންގެ މެދުގައި އޮތް އެކުވެރިކަމާއި އިޖުތިމާޢީ ބަދަހިކަމާ ހަކަތައިގެ ސިނާޢަތާއި އޮތް ގުޅުމެވެ. މެސްކޮޓާއި އެހެނިހެން ކެރެކްޓަރތަކުން ރަމްޒުކޮށްދެނީ ސްޓެލްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި ބޭނުންކުރަމުންދާ ޒަމާނީ ވަސީލަތްތަކާއި، އީޖާދީ ވިސްނުމާއި، އާލާތްތައް ކަމަށް އެކުންފުނިން ބުނެފައިވެ އެވެ. އަދި ޤައުމީ މި ޚިދުމަތް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރާއި ޔަޤީންކަމާއި އެކު ފޯރުކޮށް ދިނުމުގައި ހީވާގިކަމާއިއެކު ފޫހިކަމެއް، ވަރުބަލިކަމެއްނެތި ރެޔާއި ދުވާލު މަސައްކަތް ކުރާ އެ ކުންފުނީގެ އިލްމާއި ހުނަރުން ފުރިގެންވާ ކަމަށް ޤާބިލް މުވައްޒަފުންގެ ދައުރުވެސް ފާހަގަކޮށްފައިވެ އެވެ.

މިނިވަން ދުވަހުގެ ޤައުމީ މުނާސަބަތުގައި ސްޓެލްކޯއިން ހުށަހަޅާ މި ފުޅަނދުން ޤައުމު ތަރައްޤީ ކުރުމުގެ ޖޯޝާއި ހަކަތަ  ދިވެހީންގެ ކިބައިގައި ހުރިކަން ދައްކުވައިދެ އެވެ. ރާއްޖޭގެ 60 ވަނަ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ މިނިވަންކަމާއި އަދި ތަރައްޤީއާއި ގުޅިފައިވާ މި މުހިއްމު މަސައްކަތުގެ މުހިއްމު ބައިވެރިއަކަށް 'ސްޓެލްކޯ' ވާކަމީ އެ ކުންފުނިން ފަޚްރުވެރިކަމާއި އުފަލާއެކު ފާހަގަކުރާކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. ޚިދުމަތުގެ މި ދިގު 75 އަހަރުގެ މާޒީގައި ސްޓެލްކޯއިން ވަނީ، ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ދިވެހިރާއްޖެ ކުރި ދަތުރުގެ މުހިއްމު ބައިވެރިއެއްގެ ހައިސިއްޔަތުން ދިވެހީން އަނދިރިން އަލިކަމުގެ ތެރެއަށް ގެނެސްދީފައެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު މިފުރޭ އުފާވެރި މި މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށާއި، ލޮބުވެތި ދިވެހި ރައްޔިތުންނަށް ސްޓެލްކޯގެ އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުޙަބާއާއި ތަހުނިޔާ އަރިސްކޮށްފައިވެ އެވެ. 


Ads by MSS

މި ލިޔުން ކިޔާލުމުން