ޚަބަރު
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސް ދުވަހެއްގައި މާލޭ މަގުމަތި

ފަރުދުން
29 ޖުލައި 2025، 03:15
29 ޖުލައި 2025، 03:15
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭގެ 20:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާގޮތުން ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެއެވެ. ހަމައެއާއެކު ކަނޑުތައްވެސް ގަދަވާނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.
Alert white for heavy rain pic.twitter.com/3XXlPxVgzW
— Maldives Meteorology (@MetMaldives) July 29, 2025
މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ، ބުދަ އަދި ބުރާސްފަތި ދުވަހު ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި، މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. މިހާރުކުރަމުންދާ ހުޅަނގު ވިއްސާރައިގަ ވައިގަދަވެ ލިބިދާނެ ގެއްލުމަކަށް ސަމާލުވެތިބުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.