ޚަބަރު
ފުރަތަމަ 6 މަސްދުވަހުގެ މަސައްކަތްތައް މުރާޖާ ކުރުމަށް 'އަހަރު މެދު މުރާޖާ' ނަމުގައި ބައްދަލުވުމެއް ފަށައިފި

'އަހަރު މެދު މުރާޖާ' ބައްދަލުވުމުގައި ވަޒީދު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ

ފަރުދުން
29 ޖުލައި 2025، 02:11
29 ޖުލައި 2025، 02:11
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ މަސައްކަތްތައް މުރާޖާ ކުރުމަށް 'އަހަރު މެދު މުރާޖާ' ނަމުގައި ބައްދަލުވުމެއް ފަށައިފިއެވެ.
މި ބައްދަލުވުމުގައި ސިޓީތަކާ ބެހޭ ވުޒާރާގެ އެކި ސެކްޝަންތަކުގެ މުވައްޒަފުން ބައިވެރިވެ، މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މިއަހަރުގެ މިހާތަނަށް މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބު ހިއްސާކުރުމާއި، މަސައްކަތްކުރުމުގައި ދިމާވާ އެކި ދަތިތައްވެސް ވަނީ ހިއްސާކޮށްފައިވެއެވެ.
'އަހަރު މެދު މުރާޖާ' ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އެކި ކަންކަހަލަ ގޮންޖެހުންތައް ދިމާވި ނަމަވެސް، ރައްޔިތުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަަމަށެވެ. އަދި މަސައްކަތްކުރުމުގައި ފަރުވާ ތެރިވުމަށާއި ހަވާލުކުރެވޭ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް ސަމާލުކުރަން ދިނުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މިނިސްޓްރީގެ 2025 ވަނަ އަހަރުގެ 'އަހަރު މެދު މުރާޖާ' ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙް. pic.twitter.com/kGMyWlNnmk
— Ministry of Cities, Local Government, Public Works (@MoCLPmv) July 29, 2025
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަހަރު ދެބައިވުމާއެކު މަސައްކަތްތައް މުރާޖާކުރަން ފެށުމުން ކުރިއަށް އޮތްތަނުގައި ވުޒާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމަށެވެ. މިއަދު ހެނދުނު 'އަހަރު މެދު މުރާޖާ' ނަމުގައި ފެށި މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙްއެވެ.