ވިޔަފާރި

އައިފޯން 17 ސީރީޒްގެ ބޮޑެތި ބަދަލުތަކަކާއި ލައްޕާލެވޭ އައިފޯނުގެ ތަފްސީލުތައް ލީކުވެއްޖެ!

އައިފޯން 17 ސީރީޒްގެ ބޮޑެތި ބަދަލުތަކަކާއި ލައްޕާލެވޭ އައިފޯނުގެ ތަފްސީލުތައް ލީކުވެއްޖެ!

ލައްޕާލެވޭ އައިފޯން ރަމްޒުކޮށްދޭ ސާމްޕަލް ފޮޓޯއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2025، 01:56

29 ޖުލައި 2025، 01:56

އެޕަލް ކުންފުނިން ކުރިއަށް އޮތް ތަނުގައި ނެރެން ހަމަޖެހިފައިވާ އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްގެ މުހިންމު ފީޗާޒްތަކާއި ޑިޒައިން ބަދަލުތައް، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނެރުމަށް އޮތް ތާރީޚުގެ ކުރިން ލީކުވެއްޖެއެވެ. މި މައުލޫމާތުތައް އާންމުވެފައި މިވަނީ އިންޓަރނެޓުގައި މި ފޯނުތަކާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތެރެއިންނެވެ. މީގެ އިތުރުން އެޕަލްގެ ފުރަތަމަ ފޯލްޑަބަލް އައިފޯނާ ބެހޭ އާ ތަފްސީލުތަކެއް ވެސް މިހާރު ވަނީ ހާމަވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އައިފޯން 17 ޕްރޯ މޮޑެލްތަކުގައި ޓައިޓޭނިއަމް ބޭނުން ކުރުމުގެ ބަދަލުގައި އާ އެލްމިނިއަމް ފްރޭމެއް ހުންނާނެއެވެ. ފަހަތުގައި މޮޑަން ގޮތަކަށް ފެންނަ ގޮތަށް ބިއްލޫރިއާއި އެލްމިނިއަމް އެއްކޮށްލާފައިވާ ހައިބްރިޑް ޑިޒައިނެއް ހުންނާނެ ކަމަށް ވެއެވެ. އައިފޯން 17 ސީރީޒްގެ ހުރިހާ މޮޑެލްތަކެއްގައި ވެސް އަލަށް ޑިޒައިންކޮށްފައިވާ ޑައިނަމިކް އައިލެންޑް ޔޫޒަރ އިންޓަރފޭސް ހިމެނޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

މި އާ އައިފޯން މޮޑެލްތަކުގައި ފަހަތުގައި އާ ކެމެރާ ޑިޒައިނެއް ވެސް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ. މިއީ ތްރީއެންގަލް ލެންސް ލޭއައުޓެއް ހުންނަ ކެމެރާ ބަންޕެކެވެ. އައިފޯން 17 ޕްރޯ މެކްސް މޮޑެލްގެ ބޮޑު ބެޓެރިއެއް ހުންނާނެ ކަމަށް ބުނެވެއެވެ. އެގޮތުން، 5,000 އެމްއޭއެޗް  އަށް ވުރެ ބޮޑު ބެޓެރިއެއް ހިމެނޭނެ ކަމަށް ލީކުވެފައިވާ މައުލޫމާތުތަކުން ދައްކައެވެ. މި ބެޓެރީއާ އެކު، ފޯނު ބޭނުންކުރެވޭ ވަގުތު އެތައް ގުނައަކަށް އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.

ފޯނުގެ ބޭރުފުށަށް ގެނެސްފައިވާ ބަދަލުތަކުގެ އިތުރުން، އައިފޯން 17 ޕްރޯ މޮޑެލްތަކުގައި އެޕަލްގެ ކުރިއަށް އޮތް ޖެނެރޭޝަންގެ އޭ ނަވާރަ ޕްރޯ ޗިޕް ބޭނުންކުރާނެ ކަމަށް ވަނީ ހާމަވެފައެވެ. މި ޗިޕްގެ ސަބަބުން ފޯނުގެ ޕާފޯމަންސާއި ބެޓެރީ ބޭނުންކުރެވޭ މިންވަރު އިތުރަށް ރަނގަޅުވާނެއެވެ. މީގެ އިތުރުން، އެތައް ކަމެއް އެއްފަހަރާ ކުރަން ފަސޭހަކޮށްދިނުމަށްޓަކައި 12 ޖީބީރެމް ހިމެނޭނެ ކަމަށް ވެސް ބެލެވެއެވެ. ކެމެރާގެ ގާބިލިއްޔަތަށް ބަލާއިރު، އައިފޯން 17 ގެ ހުރިހާ މޮޑެލްތަކެއްގައި ވެސް 24 އެމްޕީ ގެ ފްރޮންޓް ކެމެރާއެއް ހުންނާނެއެވެ. އަދި ފަހަތު ކެމެރާ ސެޓަޕްގައި 48 އެމްޕީ ޓެލެފޮޓޯ ލެންސެއް ހިމެނޭނެއެވެ. މިއީ ފޮޓޯގްރަފީގެ ހޮބީއަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު އިޚްތިޔާރަކަށް ވެގެންދާނެއެވެ.

މީގެ ކުރިން، އެޕަލްގެ ފުރަތަމަ ފޯލްޑަބަލް އައިފޯން 2026 ވަނަ އަހަރު ނެރެން ހަމަޖެހިފައިވާ ކަމަށް ބެލެވުނު ނަމަވެސް، މިހާރު ލީކުވެފައިވާ އާ މައުލޫމާތުތަކުން މި ފޯނާ ބެހޭ އިތުރު ތަފްސީލުތަކެއް ވަނީ ހާމަވެފައެވެ. ލީކުތައް ބުނާ ގޮތުގައި، މި ފޯލްޑަބަލް އައިފޯނަކީ އެޕަލްގެ ތާރީޚުގައި ބެޓެރީގެ ގާބިލިއްޔަތުގެ ގޮތުން އެންމެ ބާރުގަދަ އައިފޯން ކަމަށް ވާނެއެވެ. މި ފޯނުގައި 5000 އެމްއޭއެޗް އާއި 5500 އެމްއޭއެޗް  އާ ދެމެދުގެ ބެޓެރިއެއް ހުންނާނެ ކަމަށް ބެލެވެއެވެ. މިހުރިހާ ބަދަލުތަކަކީ ވެސް އައިފޯން ބޭނުންކުރާ ފަރާތްތަކަށް އާ ތަޖުރިބާއެއް ގެނެސްދޭނެ ބަދަލުތަކެއް ކަމަށް ލަފާކުރެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން