ޚަބަރު
މިއަދު މިފްކޯއިން 38 ދޯންޏަކަށް 1.1 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރި ދޯންޏެއް---ފޮޓޯ: އިންޓަނެޓް

ފަރުދުން
29 ޖުލައި 2025، 12:15
29 ޖުލައި 2025، 12:15
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދުގެ ތާރީޚުގައި މަސްވެރިންނަށް 1.1 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން މިއަދު ފޮނުވި ރިޕޯޓްގައިވާ ގޮތުގައި އެކުންފުނިން މިއަދު ވަނީ 38 ދޯންޏަކަށް ޖުމްލަ 1،119،179 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މި ފައިސާ ދޫކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން ކިރުވި މަހަށެވެ.
މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފަށައިގެން މިފްކޯ އިން އަންނަނީ މި ވަޢުދު ފުއްދުމަށްޓަކައި، މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ސިނާޢަތްކަމަށް ހެދުމަށް ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސްވެރިކަމުގެ ލޯނު ސްކީމްތައް ތަޢާރަފުކޮށް، މަސްވެރިކަމުގެ އާލާތްތައް އަގުހެޔޮކޮށް ލިބޭނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރުއަޅައި، މަސްވެރިންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.