ދުނިޔެ

ނެތެންޔާހޫ ޣައްޒާގައި ބަނޑުހައިހޫނުކަމެއް ނެތް ކަމަށް ވިދާޅުވެ، އދ. އަށް ފާޑުކިޔައިފި

ނެތެންޔާހޫ ޣައްޒާގައި ބަނޑުހައިހޫނުކަމެއް ނެތް ކަމަށް ވިދާޅުވެ، އދ. އަށް ފާޑުކިޔައިފި

ބެންޖަމިން ނެތަންޔާހޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2025، 05:42

28 ޖުލައި 2025، 05:42

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތެންޔާހޫ، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތެއް އުފެދިފައިވާ ކަމަށް ބުނެދެވޭ ވާހަކަތައް ހަރުކަށިކަމާއެކު ދޮގުކުރައްވައިފިއެވެ. އެކަންކަން ސިފަކުރައްވާފައިވަނީ "ހުސް ދޮގު" ކަމަށެވެ.

އާދިއްތަ ދުވަހު ޖެރުސަލަމްގައި ބޭއްވި ޑޭސްޓާ ޓީވީ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ނެތެންޔާހޫ ވިދާޅުވީ، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި، އަދި އެތަނުގައި ބަނޑުހައިހޫނުކަމެއް ނެތް ކަމަށެވެ. މި ހަފްލާ އޮތީ ވައިޓް ހައުސް ފެއިތު އޮފީހުގެ ލީޑަރު އަދި ޕާސްޓަރ ޕޯލާ ވައިޓްގެ އިސްވެރިކަމުގެ ދަށުންނެވެ.

ބޮޑުވަޒީރު ނެތެންޔާހޫ ބުނެފައިވަނީ، ހަނގުރާމަ ފެށުނުފަހުން ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި 1.9 މިލިއަން ޓަނުގެ ކާބޯތަކެތި އިސްރާއީލުން ޣައްޒާއަށް ފޮނުވާފައިވާ ކަމަށާއި، އެއާ ނުލައިކުރިއަށް މިދޔަ ދުވަސްތަކުގައި، ހަގީގަތުގައި ޣައްޒާގެ ރައްޔިތުންނެއް ނުތިބޭނެކަމަށެވެ.

ނެތެންޔާހޫ ވިދާޅުވީ، ޣައްޒާގައި އެހީގެ ތަކެތި ބެހުން ހުއްޓުވަމުން ގެންދަނީ ހަމާސް ކަމަށާއި، ހަމާސް އިން އެހީގެ ތަކެތި ފޭރި، ވަގަށް ނަގައި، އެތަކެތި ނުލިބޭ ކަމަށް ބުނެ އިޒްރޭލަށް ތުހުމަތު ކުރަނީ ކަމަށެވެ.

ހަފްތާ ބަންދުގައި ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށްޓަކައި ސަލާމަތީ ކޮރިޑޯތައް ގާއިމުކޮށް، ހަނގުރާމަ މެދުކަނޑާލައިގެން 10 ގަޑިއިރުގެ ހިއުމެނިޓޭރިއަން ޕޯޒްތަކެއް ދިނުމުން، ކާބޯތަކެތި ފޯރުކޮށްނުދެވޭނެ ކަމަށް އދ. އިން ދައްކާ ބަހަނާތަކާއި ދޮގުތައް ނިމުމަކަށް ގެނެސްފި ކަމަށެވެ.

އދ. އަށް އެއްވެސް ބަހަނާއެއް ނެތް ކަމަށާއި  ދޮގުހެދުން ހުއްޓާލުމަށް އަދި  ބަހަނާ ހޯދުން ހުއްޓާލުމަށާއި. ކުރަންޖެހޭ ކަންތައް ކުރުމަށް، އަދި އިޒްރޭލަށް މި ދޮގު ތުހުމަތުތައް ގަސްތުގައި ކުރުން ހުއްޓާލުމަށް ނަތަންޔާހޫވަނީ އދ އަށް ގޮވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން