ދުނިޔެ

"މިފަހަރުގެ ޙަމަލާ އަމާޒުވާނީ ސީދާ ޚާމަނާއީއަށް" އިސްރާއީލުގެ ދިފާއީ ވަޒީރު އީރާނުގެ ސުޕްރީމް ލީޑަރަށް އިންޒާރުދީފި!

"މިފަހަރުގެ ޙަމަލާ އަމާޒުވާނީ ސީދާ ޚާމަނާއީއަށް" އިސްރާއީލުގެ ދިފާއީ ވަޒީރު އީރާނުގެ ސުޕްރީމް ލީޑަރަށް އިންޒާރުދީފި!

އިސްރާއީލްގެ ދިފާއީ ވަޒީރު އިޒްރޭލް ކާޓްޒް އަދި އީރާނުގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ ޢަލީ ޚާމަނާއީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2025، 02:53

28 ޖުލައި 2025، 02:53

އިސްރާއީލްގެ ދިފާއީ ވަޒީރު އިޒްރޭލް ކާޓްޒް، އީރާނުގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ ޢަލީ ޚާމަނާއީއަށް އަނެއްކާވެސް ސީދާ އަދި ނުރައްކާތެރި އިންޒާރެއް ދެއްވައިފިއެވެ. މި އިންޒާރުގައި ވަނީ ކުރިއަށްއޮތްތަނުގައި ތެހެރާނަށް ޙަމަލާދީފާނެ ކަމުގެ ބިރު ދައްކާފައެވެ.

ކާޓްޒް މިމޭރުމުން ވާހަކަދައްކާފައިވަނީ އިޒްރޭލުގެ ރާމޯން ވައިގެ އަސްކަރީ މަރުކަޒަށް ކުރެއްވި ޒިޔާރަތެއްގައެވެ. އޭނާ ބުނެފައިވަނީ، އީރާނުން އިޒްރޭލަށް ބިރުދެއްކުން  ހުއްޓާނުލައިފިނަމަ، އަލުން ޙަމަލާއެއް ދެވިދާނެ ކަމަށާއި، މިފަހަރުގެ ޙަމަލާ އަމާޒުވާނީ ޚާމަނާއީއަށް ކަމުގައެވެ.

އާޔަތުﷲ ޚާމަނާއީއަށް އަޅުގަނޑު ސާފު މެސެޖެއް ފޮނުވަން ބޭނުންވޭ،އޭނާ އިޒްރޭލަށް ނުރައްކާތެރިކަން ކުރިމަތިކުރުން ކުރިއަށް ގެންގޮސްފިނަމަ، އަޅުގަނޑުމެންގެ ދިގު އަތްތައް ތެހެރާނާއި، އަދި އޭނާ އާ ހަމައަށްވެސް، އިހުނަށްވުރެ ބޮޑު ބާރަކާއެކު ފޯރާނެ   

ކާޓްޒް


މި ހަރުކަށި އިންޒާރު އައިސްފައިމިވަނީ، އީރާނާއި އިޒްރޭލާ ދެމެދު ދާދިފަހުން ކުރި 12 ދުވަހުގެ ހަނގުރާމަ ނިމުނުތާ ހަފްތާތަކެއް ނުވަނީސްއެވެ. މި ހަނގުރާމައިގެ ތެރޭގައިވެސް ކާޓްޒް ވަނީ ޚާމަނާއީ ދެން ދިރިހުރުން ހުއްދަނުވާނެ ކަމަށް ބުނެފައެވެ. އޭނާ ތުހުމަތުކުރެއްވީ ހޮސްޕިޓަލްތަކަށް ޙަމަލާދިނުމަށް އަމިއްލަފުޅަށް އަމުރުކުރައްވާފައިވާ ކަމަށާއި، އިޒްރޭލު ނެތިކޮށްލުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

އިޒްރޭލުގެ އޮފިޝަލުން ކުރިންވެސް ވަނީ އިސްރާއީލާ ދެކޮޅަށް ހިންގާ ނުރައްކާތެރި ޢަމަލުތަކަށް އެހީތެރިވެ، އެ ކަންކަން ހިންގުމުގެ ފަހަތުގައިވަނީ ޚާމަނާއީ ކަމަށް ތުހުމަތުކުރައްވާފައެވެ. ކާޓްޒްގެ އެންމެ ފަހުގެ ބަސްތަކުން ދޭހަވަނީ، ތެހެރާނާ ދެމެދު ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ، އިޒްރޭލުން އަސްކަރީ ހަރަކާތްތައް އިތުރުކުރުމަށް ތައްޔާރަށް ތިބި ކަމެވެ.
މި ކޮމެންޓްތައް އައިސްފައިމިވަނީ ނާޒުކު ދަނޑިވަޅެއްގައެވެ. ދެ ޤައުމުވެސް ދާދިފަހުން ނިމުނު ހަނގުރާމައިން ރިކަވަރވަމުން އަންނަ އިރު، ސަރަޙައްދުގެ ސުލްޙަވެރިކަން ވަރަށް ބަލިކަށިކަމުން، ބައިނަލްއަޤްވާމީ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދެމުން އެބަދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން