Ads by Stelco

ޚަބަރު

ފުޅަނދުބުރު: ކުޑަކުދިން ގަޔާވާފަދަ ހިތްގައިމު ފުޅަނދުތަކެއް

ފުޅަނދުބުރު: ކުޑަކުދިން ގަޔާވާފަދަ ހިތްގައިމު ފުޅަނދުތަކެއް

މިނިވަން 60ގެ ފުޅަނދުތައް ބަލާލުމަށް ގިނަ އަދަދެއްގެ ކުޑަކުދިން ނުކުމެފައިި

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

28 ޖުލައި 2025، 12:50

28 ޖުލައި 2025، 12:50

ކޮންމެ އަހަރެއްގެ މިނިިވަން ދުވަހުވެސް އެންމެ ގިނަބަޔަކު ބަލާލަން ބޭނުންވާ ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ ޕެރޭޑާއި ކުންފުނިތަކުގެ ފުޅަނދުބުރުތައް ހިމެނެއެވެ. އެހެން އަހަރުތަކޭވެސް އެއްފަދައިން މިއަހަރުގެ މިނިވަންދުވަހުގައި ކުރިއަށްގެންދިޔަ ސިފައިންގެ ޕެރޭޑަށް މާލެއާއި ހުޅުމާލެއިން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. 

ސިފައިންގެ "މަގުމަތީ ހިނގާލުން" އަދި ފުޅަނދުބުރުތައް ބަލާލަން އެކި އުމުރުފުރާގެ މީހުން ދަރިން ގޮޮވައިގެން ނުކުމެ ތިބީ މިއީ މާލޭގައި ދިިއުޅޭ ފަރާތްތަކަށް މަދުން ނޫނީ ނުފެންނަ މައްޒަރެއް ކަމަށްވާތި ކަމަށް ޤަބޫލުކުރެވެއެވެ. ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން ތައްޔާރުކޮށްފައިވާ މި ފުޅަނދުބުރުތައް ދަތުރުފެށީ މާލޭގެ މާފަންނު ރަސްފަންނު ސަރަޙައްދުން ހެންވެއިރު ރާޅުގަނޑު ސަރަޙައްދަށެވެ. އެންމެ ފާހަގަވީ ކަމަކީ މާފަންނުން ފެށި ދަތުރު ހެންވޭރަށް ނިމެންދެން ފޫހި ކަމެއްނެތި އެކި އުމުރުފުރާގެ ވަރަށްގިނަ ރައްޔިތުން މަގުތަކުގައި ޖަމާވެފައިތިިބި ކަމެވެ. 

ފުޅަނދުބުރު: ކުޑަކުދިން ގަޔާވާފަދަ ހިތްގައިމު ފުޅަނދުތަކެއް

މިނިވަން 60 ފުޅަނދުބުރުގެ ތެރެއިން

ފުޅަދުތައް ނެރެފައިވާ ކުންފުނިތަކާއި އިދާރާތަކުގެ ތެރޭގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ،ދިވެހި ފުލުހުންގެ ޚިދުމަތް، ދިވެހި ޤައުމީ ދިފާޢީބާރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގް ކޮމްޕެނީ (އެމްޓީސީސީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރޯޑް ދިވޮލްޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، އަދި ކަސްޓަމްސް ހިމެނެއެވެ. 

ފުޅަނދުބުރު: ކުޑަކުދިން ގަޔާވާފަދަ ހިތްގައިމު ފުޅަނދުތަކެއް

މިނިވަން 60 ފުޅަނދުބުރުގެ ތެރެއިން

ގިނަ އަދަދެއްގެ ކުޑަކުދިންނަށް ކަމުދިޔަ މައިންކްރާފްޓް ތީމަށް ތައްޔާރުކޮށްފައިވާ އެޗްޑީސީގެ ފުޅަނދަކީ ސަތޭކަ ޕަސެންޓް އެކުންފުނީގެ މުވައްޒަފުން ތައްޔާރު ކޮށްފައިވާ ފުޅަނދެއްކަމަށް އެޗްޑީސީން މަޢުލޫމާތުދީފައިވެއެވެ. މި ފުޅަނދުގައި ހުޅުމާލޭ ފޭސް1، 2 އަދި 3 ގެ ތަފާތު މަންޒަރުތައް ދައްކުވައިދޭއިރު، ކުޑަކުދިންގެ ސަމާލުކަން ހޯދީ މައިންކްރާފްޓް ތީމްގައި ތިބި ކާޓޫން ކެރެކްޓަރ ތަކަށެވެ. މީގެ އިތުރުން ޤައުމީ ދިފާޢީ ބާރުގެ ފުޅަނދުގައި ތިންބާރު ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑިޒައިންތައް ފާހަގަކޮއްލެވެއެވެ. މީގެ ތެރޭގައި ހިމެނެނީ ވައިގެ ބާރު ދައްކުވައިދޭ ޑްރޯންއާއި، އެއްގަމު ބާރު ދައްކުވައިދޭ އާމާޑް ވެހިކަލްގެ އިތުރުން ކަނޑުގެ ބާރު ރަމްޒުކޮށްދޭ އުޅަނދުތަކެވެެ.  އެސްޓީއޯގެ ފުޅަނދުގައިވެސް ފުޅަނދާއެކު ހިނގަމުންދިޔަ ކާޓޫން ކެރެކްޓަރތަކަށް ގިނަ އަދަދެއްގެ ކުޑަކުދިިންގެ ސަމާލުކަން ލިބިފައިވެެއެވެ. މި ނޫނަސް ތަފާތު އެކި ތީމްތަކުގެ ފުޅަނދުތަކެއް އާންމުންނަށް ދައްކާލާފައިވާއިރު ކޮންމެ ފުޅަނދެއްގައިވެސް ތަފާތު ޝައުގުކުރުވަނިވި ކަންތައްތަކެއް ހުރިކަން ފާހަގަވެއެވެ. 




މިނިވަންދުވަހުގެ ފުޅަނދުބުރުގެ ހަރަކާތްތައް ކޮންމެ އަހަރަކުވެސް މާލޭގައި ކުރިއަށްގެންދިއުމަށްފަހު ބަލާލަން ބޭނުންވާ ފަރާތްތަކަށް ދައްކާލުމަށްޓަކައި ހުޅުމާލޭ ސެންޓްރަލްޕާކަށް ގެނެސް، ފުޅަނދުތައް ބަލާލާ ފޮޓޯ ނަގާލުމުގެ އިންތިޒާމުތައް ހަމަޖައްސާދީފައިވެއެވެ. އެގޮތުން މިއަހަރުވެސް އެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.  ފުޅަނދުތައް ނުފެނި ހުރި ފަރާތްތަކާއި ކައިރިން ބަލާލުމާއި ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުމާލޭ ސެންޓްރަލްޕާކުގައި މިއަދު ހަވީރު ކުރިއަށްދާނެއެވެ. 

ފުޅަނދުބުރު: ކުޑަކުދިން ގަޔާވާފަދަ ހިތްގައިމު ފުޅަނދުތަކެއް

މިނިވަން 60 ފުޅަނދުބުރުގެ ތެރެއިން


Ads by MSS

މި ލިޔުން ކިޔާލުމުން