Ads by Stelco

ޚަބަރު

ރައީސްގެ ވަޢުދުފުޅާއެއްގޮތަށް ބ. އަތޮޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފަށައިފި

ރައީސްގެ ވަޢުދުފުޅާއެއްގޮތަށް ބ. އަތޮޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފަށައިފި

އާރު.ޓީ.އެލް ފެރީއެއް: ފޮޓޯ- އެމްޓީސީސީ

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

28 ޖުލައި 2025، 10:22

28 ޖުލައި 2025، 10:22

ބ. އަތޮޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފަށައިފިއެވެ.

ބ. އަތޮޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފެށުމަށް، ރ.އެއަތޮޅަށް ރައީސް ޑރ.މުޙައްމަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ބ އަތޮޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފައްޓަވައި ދެއްވާނެ ކަމަށެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ފެށި މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން، ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު، ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހި ކުރުމާއި، އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމެވެ. 

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި މިއަދު ފަށާފައިވާކަމަށެވެ. މިއާއެކު ބ. އަތޮޅުގައި، މީހުން ދިރިއުޅޭ 13 ރަށް ގުޅާލެވިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ. މީގެ ތެރޭގައި އެއަރޕޯރޓް ގާއިމްކޮށްފައިވާ 1 ރަށް ހިމެނޭ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ. 


 ބ. އަތޮޅުގެ ރައްޔިތުންނަށް މި ހިދުމަތްތަކަށް އަހުލުވެރިކުރުވުމަށް، މި ހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށްގެންދެވޭނެ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި އަހުލުވެރި ކުރުމުގެ ދަތުރުތަކަށް ފަހު، އޮގަސްޓް މަހުގެ 04 ވަނަ ދުވަހުން ފެށިގެން، އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

     

Ads by MSS

މި ލިޔުން ކިޔާލުމުން