ދުނިޔެ

ޣައްޒާއަށް އިންސާނީ އެހީގެ ޓްރަކްތައް ވަންނަން ފަށައިފި

ޣައްޒާއަށް އިންސާނީ އެހީގެ ޓްރަކްތައް ވަންނަން ފަށައިފި

ޢައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޓްރަކުތައް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 04:56

27 ޖުލައި 2025، 04:56

ޣައްޒާގެ ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ އިންސާނީ ކާރިސާއަށް ހައްލެއް ގެނައުމުގެ ގޮތުން، އާދިއްތަ ދުވަހު މިސްރުން ޣައްޒާ ސިޓީއަށް އިންސާނީ އެހީގެ ޓްރަކްތައް ވަންނަން ފަށައިފި ކަމަށް އެފް.ޕީ.ޓީ.ވީ ފުޓޭޖުން ކަށަވަރުކޮށްދީފައިވެއެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ފަސޭހަ ކުރުމުގެ ގޮތުން އިސްރާއީލުން ވަގުތީ "ޓެކްޓިކަލް ޕޯޒް" އެއް ގެނެސްފައިވާ ކަމަށްވެސް އެނގިފައިވެއެވެ.

ޣައްޒާއަށް ވަންނަން ފެށި މި ޓްރަކްތަކުގެ ތެރެއިން ގިނަ ޓްރަކްތަކުގައި އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ގެ ދިދައާއި، "އެކުވެރި ޢަރަބި އިމާރާތް ޣައްޒާއަށް އިންސާނީ އެހީޣައްޒާގައި ފެނުގެ މަޝްރޫޢުތަކަށް އެހީތެރިވުން" މިފަދަ ބޯޑުތައް ހުއްޓެވެ. ޔޫ.އޭ.އީ އިން ދަނީ ޣައްޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިގޮތުން ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ އާންމު ރައްޔިތުންނަށް ބޭނުންވާ ފެނާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފަދަ އެހީތެރިކަން ޔޫ.އޭ.އީ އިން ދަނީ ފޯރުކޮށްދެމުންނެވެ.

ޔޫ.އޭ.އީގެ  ބޮޑުވަޒީރާއި ޚާރިޖީ ވަޒީރު، ޝެއިޚް ޢަބްދުﷲ ބިން ޒާޔިދު އާލް ނަހްޔާން ވިދާޅުވެފައިވާ ގޮތުގައި، ޣައްޒާގެ އިންސާނީ ހާލަތު ވަނީ ނާޒުކު އަދި ކުރިން ހީނުކުރާ ހިސާބަކަށް ގޮސްފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔޫ.އޭ.އީ ދަނީ އެންމެ ކުރީގައި ހަރަކާތްތެރިވަމުން ކަމަށްވެސް ޝެއިޚް ޢަބްދުﷲ ވިދާޅުވިއެވެ.

މި ޓްރަކްތައް ފުރަތަމަ ވެސް ދިޔައީ ރަފަޙް ބޯޑަރު ސަރަހައްދުގައިވާ މިސްރުގެ ފަރާތަށެވެ. ނަމަވެސް، މިދިޔަ އަހަރުން ފެށިގެން ރަފަޙްގެ ފަލަސްޠީނު ފަރާތުގެ ކޮންޓްރޯލް އިސްރާއީލުން ނަގައި، އެތަން ބޭނުންކުރަން ނުކުޅަދޭ ހާލަތަކަށް ގެނެސްފައިވާތީ، މި އެހީގެ ޓްރަކްތައް ވަނީ ކެރެމް ޝަލޯމް (ކަރަމް އަބޫ ސަލެމް) ކްރޮސިންއަށް ފޮނުވާފައެވެ. ޣައްޒާއަށް ވަނުމުގެ ކުރިން އެހީތެރިކަން ފޯރުކޮށްދޭ ތަކެތި މި ކްރޮސިންގައި  ބަލައިފާސްކުރެވޭނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން