ދުނިޔެ

އެއް އަަަހަރުގެ ކުއްޖެއް ހަރުފައެއްގެ ގައިގަ ދަތްއަޅާ ހަރުފަ މަރާލައިފި

އެއް އަަަހަރުގެ ކުއްޖެއް ހަރުފައެއްގެ ގައިގަ ދަތްއަޅާ ހަރުފަ މަރާލައިފި

އެއް އަަހރުގެ ގޯވިންދާ އަދި ކޯބްރާ ހަރުފައެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 02:31

27 ޖުލައި 2025، 02:31

އިންޑިއާގެ ބިހާރު ސްޓޭޓްގެ ވެސްޓް ޗަމްޕަރަން ޑިސްޓްރިކްޓުން ވަރަށް ހައިރާން ކުރުވަނިވި އަދި މަދުންނޫނީ ނުފެންނަފަދަ ހާދިސާއެއް ވަނީ ހިނގައިފައެވެ. އެއް އަހަރުގެ ފިރިހެން ކުއްޖަކު، ކުޅޭ ކުޅޭ ތަކެތީގެ ތެރެއިން އެއްޗެއް ކަމަށް ހީކޮށް، "ކޮބްރާ" ހަރުފައެއްގައި ދަތްއަޅައި އެއްފަހަރުން އެ ހަރުފަ މަރާލައިފިއެވެ.

މި ޚާދިސާ ހިނގާފައިވަނީ މާޒީހޫލިޔާ ބްލޮކްގެ މޮހަޗްޗީ ބަންކަޓްވާ އަވަށުގައި ހުކުރު ދުވަހުގެ މެންދުރުފަހުއެވެ. ގޯވިންދާ ނަމަކަށް ކިޔާ އެއް އަހަރުގެ އެ ކުއްޖާ، ގެންގުޅޭ ކުޅޭ އެއްޗެއް ކަމަށް ހީކޮށް ދެ ފޫޓުގެ ދިގު ހަރުފައިގައި ދަތްއެޅިއެވެ.

މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން، ހަރުފަ ގޯވިންދާ ކައިރީގައި އުޅެނިކޮށް، ކުއްޖާގެ މާމައަށް އެ ހަރުފަ ފެނުނެވެ. ނަމަވެސް އެކަމަށް އޭނާއަށް ފިޔަވަޅެއް އެޅުމުގެ  ފުރުސަތު ނުލިބި، ކުއްޖާ ވަނީ ހަރުފަ ދެ ބަޔަށް ބުރިކޮށްލައިފައެވެ. ހަރުފަ އެއްފަހަރުން މަރުވި ނަމަވެސް، ގޯވިންދާ ވެސް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޭނެތިފައެވެ.

މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން، ހާދިސާ ހިނގުމާއެކު އެ ކުއްޖާ ވަނީ މާޒީހޫލިޔާގައި ހުންނަ ޕްރައިމަރީ ހެލްތު ސެންޓަރަށް (ޕީ.އެޗް.ސީ.) ގެންގޮސްފައެވެ. އެތަނުން ފުރަތަމަ ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށްޓަކައި ގަވަރންމެންޓް މެޑިކަލް ކޮލެޖަށް ވަނީ ރިފަރކޮށްފައެވެ. ހޮސްޕިޓަލްގެ އޮފިޝަލުން ޔަގީންކޮށްދެއްވާފައިވާ ގޮތުން، ކުއްޖާގެ ހަށިގަނޑުން ހަރުފައިގެ ވިހައިގެ އެއްވެސް އަސަރެއް ފެނިފައިނުވާ ކަމަށާއި، މިހާރު ހާލަތު ރަނގަޅުކަމަށް ވެސް ވިދާޅުވިއެވެ. ކުއްޖާ މިހާރު ވެސް ދަނީ ގާތުން ބަލަހައްޓަމުންނެވެ.ގޯވިންދާގެ މާމަ ވިދާޅުވީ، ހަރުފަ ގެއަށް ވަތްއިރު ކުއްޖާގެ މަންމަ ހުރީ ދަރު ހޯދުމަށް ގޮސްފައި ކަމަށެވެ. 

ކޮބްރާ ހަރުފައަކީ އިންޑިއާގައި އުޅޭ އެންމެ ނުރައްކާތެރި ހަރުފައިގެ ތެރޭގައި ހިމެނޭ އެއް ހަރުފައެވެ. މޫސުމީ ވިއްސާރަ ދުވަސްވަރުގައި ހަރުފަ ވިހަލައިގެން  މަރުވާ މީހުންގެ އަދަދު މަދެއް ނޫނެވެ.

ހިންދުސްތާން ޓައިމްސްއަށް ވާހަކަ ދެއްކި ވައިލްޑްލައިފް އެކްސްޕާޓުން ވިދާޅުވާ ގޮތުން، މިފަހަކަށް އައިސް ހަރުފަ ގިނަ އަދަދަކަށް ފެންނަނީ ބޯކޮށް ވިއްސާރަކުރުމާއި، ރޭވިފައިނުވާ ގޮތަކަށް ޢިމާރާތް ކުރުމުގެ ސަބަބުން ހަރުފަ  އުޅޭ ގުދުރަތީ ތަންތަނުން ހިޖުރަކޮށް ރަށްފުށުގެ ސަރަހައްދުތަކަށް ވަނުމުންނެވެ. މިފަދަ ހާދިސާތައް އިނޑިއާގެ އެކިހިސާބުތަކުން  ރިޕޯޓްކޮށްފައިވެއެވެ. މިގޮތުން، މި ޖުލައި މަހު ގުރުގްރާމްގައި 85 ހަރުފަ ވަނީ ސަލާމަތްކޮށްފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން