ދުނިޔެ

ޣައްޒާގެ ބައެއް ސަރަހައްދުތަކަށް އިސްރާއީލުން ހަމަލާ 10 ގަޑިއިރަށް މެދުކަނޑާލަން އިއުލާންކޮށްފި

ޣައްޒާގެ ބައެއް ސަރަހައްދުތަކަށް އިސްރާއީލުން ހަމަލާ 10 ގަޑިއިރަށް މެދުކަނޑާލަން އިއުލާންކޮށްފި

ޣައްޒާގައި ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސަރަޚައްދެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 01:23

27 ޖުލައި 2025، 01:23

އިސްރާއީލު ސިފައިން ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ސިފައިންގެ ހަރަކާތްތަކަށް "ވަގުތީ ހުއްޓުމެއް" ގެނެސްފި އެވެ. މި ހުއްޓުން ގެނެސްފައިވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އިޒްރޭލް ސިފައިންގެ އޮފިޝަލް އެކްސް  އެކައުންޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަގުތީ ގޮތުން މެދުކަނޑާލަނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ. މި ހުއްޓުން ތަންފީޒު ކުރާ ސަރަހައްދުތަކަކީ އަލް-މަވާސީ، ދެއިރު އަލް-ބަލަހު އަދި ޣައްޒާ ސިޓީ އެވެ.

އިސްރާއީލް ސިފައިން ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އދ އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ ގުޅިގެން، މަޝްވަރާ ކުރުމަށްފަހު އެވެ. ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިފަދަ ހުއްޓުމެއް ގެނެސްފައިވަނީ ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރަމުންދިޔަ ގޮވާލުންތަކަށް ރައްދުދިނުމުގެ ގޮތުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން