ދުނިޔެ
އެހީ ދޭ މަރުކަޒެއްގެ ކައިރިން އިސްރާއީލް ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ ކުޑަ ކުއްޖެއް ޝަހީދުވެއްޖެ

ޢައްޒާގައި ޝަހީދުވީ މީހެއްގެ ހަށިގަނޑު ކައިރީގައި އޭނާގެ އާއިލާ މީހުން ހިތާމަކުރަނީ
ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އެހީ ދޭ މަރުކަޒެއްގެ ކައިރިން އިޒްރޭލް ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ ކުއްޖެއް ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ މަސްދަރަކުން އަލްޖަޒީރާ އަރަބިކްއަށް މައުލޫމާތުދީފިއެވެ. މި ހާދިސާ ހިނގާފައިވަނިކޮށް، ޣައްޒާގެ ދެކުނުން އިސްރާއިލްގެ ދެ ސިފައިންވެސް މަރުވެއްޖެ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ މަސްދަރުން އަލްޖަޒީރާ އަރަބިކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޚާން ޔޫނިސްގައިގެ އެހީ ދޭ މަރުކަޒެއްގެ ކައިރިން އިސްރާއީލް ސިފައިން ބަޑިޖެހުމުގެ ސަބަބުން ކުއްޖެއް މަރުވެ، އިތުރު އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިޒްރޭލްގެ ފަރާތުން މިހާތަނަށް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ޣައްޒާގެ ދެކުނުން ހިނގި ހާދިސާއެއްގައި އެ ގައުމުގެ ދެ ސިފައިން މަރުވެއްޖެއެވެ. މަރުވި ދެ ސިފައިންނަކީ 22 އަހަރުގެ އަމީރު ސަޢަދު އާއި 20 އަހަރުގެ އިނޮން ނޫރިއެލް ވަނާ ކަމަށް އެ އަސްކަރިއްޔާއިން ފާހަގަކޮށްފައިވެއެވެ.
ދި ޓައިމްސް އޮފް އިޒްރޭލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެ ސިފައިން މަރުވީ ޚާން ޔޫނިސްގައި ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި އެ ދެ ސިފައިން ތިބި އަސްކަރީ ކާރަކަށް ގޮވާ އެއްޗަކުން ދިން ހަމަލާއަކުންނެވެ.
ހަމާސްއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއިން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ސްރާއީލްގެ 898 ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.