ވިޔަފާރި / ޚަބަރު

އައު ޓަރމިނަލްގެ ފުރަތަމަ ދަތުރުގައި ރާއްޖޭގެ ޤައުމީ އެއަރލައިންގެ ކެބިންކްރޫ ޤައުމީ ހެދުމުގައި

އައު ޓަރމިނަލްގެ ފުރަތަމަ ދަތުރުގައި ރާއްޖޭގެ ޤައުމީ އެއަރލައިންގެ ކެބިންކްރޫ ޤައުމީ ހެދުމުގައި

ރާއްޖޭގެ ޤައުމީ އެއަރލައިންގެ ކެބިންކްރޫ ފޮޓޯ:މޯލްޑިވިއަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 12:04

27 ޖުލައި 2025، 12:04

އައު ޓަރމިނަލް ރޭގައި ރަސްމީކޮށް ހުޅުވައި އެންމެ ފުރަތަމަ ދަތުރުތައްކުރުމުގެ ޝަރަފް ލިބިފައިވަނީ ދިވެހިރާއްޖޭގެ  ޤައުމީ އެއަރލައިން މޯލްޑިވިއަންއަށެވެ.

އަދި މި ޝަރަފުގައި މިފަހަރު، ސަގާފީ ފަޚުރުވެރިކަން މޯލްޑިވިއަންއިން ވަނީ ދައްކުވައިދީފައެވެ. އައު ޓަރމިނަލްގެ ފުރަތަމަ ދަތުރު ފެށިގެން ދިޔައިރު  ދަތުރުވެރިންނާއި ސޯޝަލް މީޑިއާގެ ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތް މަންޒަރަކީ ، މޯލްޑިވިއަންގެ ކެބިން ކްރޫ މެންބަރުން  ދިވެހި ސަޤާފަތާއި މެހެމާންދާރީގެ ރީތިކަން ދައްކުވައިދޭ ގޮތަށް، ހިތްގައިމު ޤައުމީ ހެދުމުގައި ފެނިގެން ދިއުމެވެ. އަންހެން ކެބިން ކްރީއިން ރަތްކުލައިގެ ދިގުހެދުން ބޭނުންކޮށްފައިވާއިރު ފިރިހެން ކްރޫއިން ބޭނުންކޮށްފައިވަނީ މުންޑާއި އަތްދިގު ހުދު ގަމީހެވެ.

މޯލްޑިވިއަންގެ ރަސްމީ އެކްސް އެކައުންޓް  އިން ވަނީ، "ސަގާފަތާއި ޚިދުމަތުގެ ރީތި ގުޅުމެއް، ދަތުރުކުރާ ކޮންމެ ތަނަކަށް ރާއްޖޭގެ ރޫހު ގެނެސްދެނީ" މިރޭމުން ލިއެ ޕޯސްޓެއް ކޮށްފައެވެ.

ކެބިން ކްރޫ ޤައުމީ ހެދުމުގައި ތިބުމުން ގިނަބަޔަކު ވަނީ އެކަމަށް ތަޢުރީފުކޮށްފައެވެ. އަދި މިއީ މީގެ ޒަމާންތަކެއް ކުރިން އެއަރމޯލްޑިވްސްގެ ދަތުރުތައް ކުރިއިރު ކެބިން ކްރޫއިން ބޭނުންކުރި ހެދުންއެޅުމުގެ އުސޫލްތަކުގެ ހަނދާންތައް އައުވެގެންދިޔަ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ރީބްރޭންޑްކޮށް ދާއިމީގޮތެއްގައި ޤައުމީ ހެދުން ބޭނުންކުރަން ފެށުމަށެވެ.

އައު ޓަރމިނަލް ހުލުވުމާއިއެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ދަތުރުތަކަށް ބަދަލެއް ވަނީ އައިސްފައެވެ. 2025 ޖުލައި 27 އިން ފެށިގެން، މޯލްޑިވިއަންގެ ހުރިހާ ބައިނަލްއަޤްވާމީ ދަތުރުތައް ފުރައި، އަދި ޖައްސާނީ މި އައު ޓަރމިނަލުންނެވެ.
މޯލްޑިވިއަންއިން  ވަނީ، ދަތުރުކުރާ ޓަރމިނަލް އޮޅުން ނާރާނެހެން، ފްލައިޓް މައުލޫމާތު ވަރަށް ރަނގަޅަށް ޗެކްކުރުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ. 



އެތެރޭގެ އުދުހުންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެވެ. އެތެރޭގެ ހުރިހާ ދަތުރުތަކެއްވެސް ކުރިއެކޭ އެއްގޮތަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލުން ކުރިއަށްދާނެކަމަށް މޯލްޑިވިއަންއިން ވަނީ ހާމަކޮށްފައެވެ.

ވެލާނާ އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވިގެން ދިއުމަކީ މިއީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ އުމްރާނީ ތަރައްޤީއަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން