Ads by Stelco

ޚަބަރު

މާލޭ ބޭރުތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ އެހީއެއް

މާލޭ ބޭރުތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ އެހީއެއް

މާލޭ ބޭރުތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ޖަޕާނުން އެހީދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ރަސްމިއްޔާތު

farudhun logo

ފަރުދުން

27 ޖުލައި 2025، 11:26

27 ޖުލައި 2025، 11:26

މާލޭ ބޭރުތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ އެހީއެއްދޭން ނިންމައިފިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ދެއްވުމަށް ހަމަޖެހިފައިވާ އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރައްވާފައިވާކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، އެތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަން ކަމަށެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރިކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މިއަދު ސޮއިކުރެއްވި "އެކްސްޗޭންޖް އޮފް ނޯޓްސް" އަކީ މި މުހިއްމު މަޝްރޫޢު ކުރިޔަށް ގެންދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށާއި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެއް ކަމުގައި  ވަޒީރު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޖަޕާނާދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ. 

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން ދެއްވުމަށް ހަމަޖެހިފައިވާ 10.5 މިލިއަން ޔޫ.އެސް ޑޮލަރަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދީފައިވާ އެހީއެއް ކަމަށެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް މިސް އިކުއިނޯ އަކިކޯ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން