Ads by Stelco

ޚަބަރު

އާ ޓަރމިނަލްއާއެކު ރާއްޖެ އެތައް ހަރުފަތެއް ކުރިއަށްގެންގޮސްދޭނެ: ރައީސުލްޖުމްހޫރިއްޔާ

އާ ޓަރމިނަލްއާއެކު ރާއްޖެ އެތައް ހަރުފަތެއް ކުރިއަށްގެންގޮސްދޭނެ: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޓަރމިނަލް ހުޅުއްވައިދެއްވުން: ފޮޓޯ- ރައީސް އޮފީސް

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

26 ޖުލައި 2025، 10:11

26 ޖުލައި 2025، 10:11

މިރޭ ހުޅުވިގެންދިޔަ ވެލާނާ އިންޓަރނޭޝަނަލް އައު ޓަރމިނަލްއާއެކު ރާއްޖެ އެތައް ހަރުފަތެއް ކުރިއަށްގެންގޮސްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ވެލާނާ އިންޓަރނޭޝަނަން އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް މިނިވަން ދުވަހު ހުޅުވަން ނިންމީ, މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަން ޚާއްޞަވާތީ ކަމުގައެވެ. 

ރައީސް ވިދާޅުވީ މި އެއަރޕޯޓަކީ ވަރަށް ގިނަ ބައެއްގެ ދީލަތި އެހީއާއި ގިނަ ބައެއްގެ ބުރަ މަސައްކަތް ކަމަށެވެ. އެގޮތުން މި ބޮޑު މަޝްރޫއުގައި ކުރީގެ ދެ ސަރުކާރެއްގެ ބުރަ، މިންނެތް މަސައްކަތް ހިމެނޭކަން ރައިސް ފާހަގަ ކުރެއްވިއެވެ. މި ސަރުކާރާ މި މަސައްކަތް ހަވާލުވީއިރު މަސައްކަތް ކުރިއަށްގެންގޮސްފައިވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވަމުން ރައިސް ވިދާޅުވީ، މި ޕްރެޖްކް ފައްޓަވައިދެއްވި ކަމަށްޓަކައި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އެއައްފަހު މަޝްޜޫޢުގެ ބައެއް ކުރިއަށް ގެންގޮސްދެއްވާފައިވާތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުރުކުރު އަދާކުރައްވާފައިވެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައިސް ވިދާޅުވީ އާ ޓަރމިނަލްއާއިއެކު، މި ޤައުމުގެ އިޤްތިޞާދު ފުޅާވެ، ޓުއަރިޒަމް ދާއިރާ އިތުރަށް ކުރިއަރައިގެންދާނެކަމަށެވެ. 

ރައީސް ވިދާޅުވީ އެންމެން އެކަތިގަނަޑަކަށްވެ، ޤައުމު އިސްކޮށްފިނަމަ މިފަދަ އެތައް ތަރައްޤީއެއް ފެނިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން މައުނަވީ ގޮތުންނާއި، ބިނާ ތަކާއި ސިކުނޑިވެސް ތަރައްޤީވެގެން ދާނެކަމަށް ރައިސް ވިދާޅުވިއެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން