ކޮލަމް
ޅައުމުރުގައި އާދަޔާ ހިލާފަށް އިސްތަށި ނުރަވާނަމަ މިކަންކަމާމެދު ވިސްނާލާ !

އިސްތަށިގަނޑު ޅައުމުރުގައި ނުރަވުން
އާންމުކޮށް ގިނަ މީހުން އުންމީދުކުރަނީ ނުރަވާން ފަށާނީ މެދު އުމުރަށް އެޅުމުންނެވެ. ނަމަވެސް ބައެއް މީހުންނަށް އުމުރުން 20 އަހަރު ނުވަތަ 30 އަހަރުގެ ކުރިންވެސް އިސްތަށި ނުރަވާން ފަށައެވެ. މިގޮތަށް ޅައުމުރުގައި އިސްތަށި ނުރަވަނީ، ގިނަ ފަހަރަށް، ޖީންތަކާއި، ސްޓްރެސް ( ނުތަނަވަސްކަން) އަދި އިސްތަށީގެ ކުލައަށް މަސްއޫލުވާ "މެލަނިން" އުފެއްދުމަށް ހުރަސްއަޅާ ބައެއް ސިއްހީ ހާލަތްތަކުގެ ސަބަބުންނެވެ.
އިސްތަށި ނުރަވަނީ ކީއްވެ؟
އުމުރުން ދުވަސްވުމުން، ހަށިގަނޑުން މެލަނިން އުފެއްދުން މަދުވެ، އިސްތަށި ނުރަވަނީއެވެ. ނަމަވެސް ބައެއް ފަހަރު މިކަން ފަށަނީ އުންމީދުކުރާ ވަރަށްވުރެ މާ އަވަހަށެވެ.
1. ދާއިމީ ސްޓްރެސް ސްޓްރެސްއާ އިސްތަށި އަވަހަށް ނުރަވުމާއި ގުޅުން ހުރެއެވެ. ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކާއި ދާއިމީ ކަންބޮޑުވުންތަކުގެ ތެރޭގައި އުޅޭ މީހުންނަށް އިސްތަށި އަވަހަށް ހުދުވުން ގިނައިން ފެންނަ ކަމަށް ރިޕޯޓް ކުރެއެވެ. މީދަލުގެ މައްޗަށް ކުރި ދިރާސާއަކުން ދައްކާފައިވަނީ ސްޓްރެސްގެ ސަބަބުން މެލަނިން އުފައްދާ ސްޓެމް ސެލްތަކަށް ގެއްލުން ލިބިދާނެ ކަމަށެވެ. އިންސާނުންގެ މައްޗަށް ކުރާ ދިރާސާތައް މަދު ނަމަވެސް، 2021 ވަނަ އަހަރު "އީ-ލައިފް" ގައި ޝާއިއުކުރި ދިރާސާއަކުން، އިންސާނުންގެ އިސްތަށި ނުރަވުމާއި ސްޓްރެސްއާ ސީދާ ގުޅުމެއްވާކަން ވަނީ ހޯދާފައެވެ. ސުވާލު އުފެދޭ ކަމަކީ މި ބަދަލު ދާއިމީ ނޫން ކަމެވެ. ސްޓްރެސް މަދުކުރުމުން ބައެއް ފަހަރު އިސްތަށި ނުރަވުން މަޑުޖެހޭ ނުވަތަ އެކަން ރަނގަޅުވެސް ވެދާނެއެވެ.
2. ބައެއް ބަލިތައްބައެއް ސިއްހީ ހާލަތްތަކުންވެސް އިސްތަށި ނުރަވުމުގައި ދައުރެއް އަދާކުރެއެވެ. "އެލޮޕީޝިއާ އޭރިއޭޓާ" އަކީ އިސްތަށި ފައިބާ އޮޓޯއިމިއުން ބައްޔެކެވެ. މި ބަލި ތަޙައްމަލްކުރާ މީހުންގެ އިސްތަށި އަލުން ފަޅާއިރު ހުންނަނީ ނުރަކޮށް ނުވަތަ ހުދުކޮށެވެ. "ވިޓިލިގޯ" އަކީ ހަށިގަނޑުގައި ކުލަ އުފައްދާ ސެލްތަކަށް ހަމަލާދޭ ބައްޔެކެވެ. މި ބައްޔާއި ގުޅިގެންވެސް އިސްތަށި ހުދުވުމަކީ އެކަށީގެންވާ ކަމެކެވެ. ތައިރޮއިޑްގެ ބަލިތަކުން (އިތުރަށް މަސައްކަތްކުރުމާއި، މަދުން މަސައްކަތްކުރުން) މެލަނިން އުފައްދާ ހޯމޯންތަކަށް އަސަރުކުރެއެވެ. އަދި އޮޓޯއިމިއުން ބަލިތަކުން އިސްތަށީގެ ބުޑުތަކަށް ހަމަލާދެއެވެ.
3. ވިޓަމިން އަދި މިނެރަލް މަދުވުންކާނާގެ ބާވަތްތަކުން އިސްތަށީގެ ސިއްހަތަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ތިރީގައިވާ މުހިންމު ނިއުޓްރިއެންޓްތައް ހަށިގަނޑުން މަދުވުމުން ޅައުމުރުގައި އިސްތަށި ނުރަވުމުގެ ފުރުސަތު ބޮޑުކުރެއެވެ.
- ވިޓަމިން ބީ12
- ފޮލޭޓް
- ގިނިހިކަނި (އަޔަން)
- ޒިންކް
- ކޮޕަރ
- ކެލްސިއަމް
- ސެލެނިއަމްޕްރޮޓީން މަދުވުން، ޚާއްސަކޮށް ހަމައެކަނި ފަތްޕިލާވެލި ކައިގެން އުޅޭ މީހުންނަށް، އިސްތަށީގެ ކުލަވަރު ގެއްލިދާނެއެވެ.
4. ޖީންތައް، ޅައުމުރުގައި އިސްތަށި ނުރަވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޖީންތަކުންނެވެ. ބައްޕަ ނުވަތަ މަންމަ ނުވަތަ ކާފަ ނުވަތަ މާމަގެ އިސްތަށި އުމުރުން 20 ނުވަތަ 30 އަހަރުގައި ނުރަވާން ފަށާފައިވާނަމަ، ތިބާގެ އިސްތަށިވެސް ހަމަ އެގޮތަށް އަވަހަށް ނުރަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހަގީގަތުގައި، ދިރާސާތަކުން ދައްކާ ގޮތުގައި، އިސްތަށި އަވަހަށް ނުރަވުމުގެ ފުރުސަތު، ޢާއިލީ ގޮތުން އެކަން ހުރިނަމަ 3-5 ގުނަ އިތުރެވެ. ތިބާގެ ޖީންތަކަށް ބަދަލު ނުގެނެވޭނެ ނަމަވެސް، އިސްތަށީގެ ނުރަވުން ފޮރުވުމަށް ކުލަޖެއްސުން ނުވަތަ ގުދުރަތީ ގޮތްތަކެއް ބޭނުންކުރެވިދާނެއެވެ.
5. ލައިފްސްޓައިލް އަދި ތިމާވެށީގެ ކަންކަންތިރީގައިވާ ބޭރުގެ ކަންކަމުންވެސް އިސްތަށި ނުރަވުން އަވަސްކޮށްދެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުން: ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އިސްތަށީގެ ފޮލިކަލްތަކަށް ލޭދައުރުކުރުން ހަނިކޮށް، އިސްތަށީގެ ބުޑުތަކަށް ގެއްލުންދޭ ވިހަ މާއްދާތައް ހަށިގަނޑަށް ވެއްދުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް 30 އަހަރުގެ ކުރިން އިސްތަށި ނުރަވުމުގެ ފުރުސަތު ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނަށްވުރެ ބޮޑެވެ.
އިރުގެ އައްޔަށް ހުށަހެޅުން: އިރުގެ އަލި (ޔޫ.ވީ ރޭޒް) އަށް ގިނައިން ހުށަހެޅުމަކީ އޮކްސިޑޭޓިވް ސްޓްރެސް އުފައްދާ ކަމެކެވެ. މިކަމުގެ ސަބަބުން ބޮލުގެ ނާށިގަނޑުގައި މެލަނިން އުފައްދާ ސެލްތަކަށް ގެއްލުން ލިބެއެވެ.
ހޫނާއި ކެމިކަލްތައް: އިސްތަށި ރީތިކުރުމަށް ބޭނުންކުރާ ހޫނުކުރާ އާލާތްތައް (ސްޓްރެއިޓަނާ، ކާލިންގް އައިރަން، ބްލޯ ޑްރައި) ގަވައިދުން ބޭނުންކުރުމުން އިސްތަށީގެ ބުޑުތައް ބަލިކަށިވެއެވެ. ހަމަ އެގޮތަށް، އިސްތަށީގެ ކުލަ ބަދަލުކުރާ ޑައިތަކާއި ސްޓައިލިންގް ޕްރޮޑަކްޓްތަކުގައި ހުންނަ ހާނިކާލިބޭ ކެމިކަލްތަކުން އިސްތަށީގެ ގުދުރަތީ ކުލަ ފައިބާ، ނުރަވުން އަވަސްވެދާނެއެވެ.
ޅައުމުރުގައި އިސްތަށި ނުރަވުމަކީ ދާއިމީކޮށް ހަށިގަނޑުގެ ސިއްހަތު ގޯސްކަމުގެ ނިޝާނެއް ނޫނެވެ. އަދި ގިނަ ފަހަރު، ޚާއްސަކޮށް ޢާއިލީ ގޮތުން މިކަން ހުރިނަމަ، އެއީ ހަމައެކަނި ގުދުރަތީ ކަމެކެވެ. ނަމަވެސް، އިސްތަށި ނުރަވުމަށް ކުއްލި ބަދަލެއް އައިސް، ނުވަތަ އާދަޔާ ހިލާފަށް ޅައުމުރުގައި މިކަން ފެށިއްޖެނަމަ، ތިބާގެ ސްޓްރެސްގެ މިންވަރާއި، ކާނާއާއި، އާންމު ސިއްހަތު ދެނެގަތުމަކީ މުހިންމު ކަމެކެވެ.
އުމުރުން ދުވަސްވުން ހުއްޓުވައި، ނުވަތަ ޑީ.އެން.އޭ ބަދަލުކުރުމުގެ ބާރެއް ނެތް ނަމަވެސް، ތިބާގެ އިސްތަށި ރައްކާތެރިކުރުމަށްޓަކައި ތިރީގައިވާ ކަންކަން ކުރެވިދާނެއެވެ.
- ސްޓްރެސް މެނޭޖްކުރުން
- ފައިދާހުރި ގިނަ ކާނާ ބޭނުންކުރުން
- އިސްތަށީގެ ރީތިކަމަށް ބޭނުންކުރާ ގެއްލުންހުރި މާއްދާތަކުން ދުރުހެލިވުން
- ކެމިކަލްތަކާއި ތަފާތު ތަޣައްޔަރުވުންތަކަށް ހުށަހެޅުން މަދުކުރުން
ނުރަވުމަކީ އުމުރުން ދުވަސްވުމުގެ ގުދުރަތީ ބައެކެވެ. ނަމަވެސް އެކަމުގެ ސަބަބުތައް ދެނެގަތުމަކީ ތިބާގެ އިސްތަށީގެ ސިއްހަތަށް އެތެރެފުށުންނާއި ބޭރުން އަޅާލުމަށް އެހީތެރިވެދޭނެ ކަމެކެވެ.