Ads by Stelco

ޚަބަރު

ލަންކާއިން ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދެނީ

ލަންކާއިން ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދެނީ

ސްރީ ލަންކާގެ ޚާރިޖީ ވަޒީރު ވިޖިތް ހެރަތް

farudhun logo

ފަރުދުން

26 ޖުލައި 2025، 03:47

26 ޖުލައި 2025، 03:47

ސްރީ ލަންކާއިން ދިވެހިންނަށް އެއް އަހަރު ދުވަހުގެ މުއްދަތުގެ ވިސާ ދޭން ނިންމައިފި ކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތް ހެރަތް ވިދާޅުވެއްޖެއެވެ.

ލަންކާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޤައުމުން  މިގޮތަށް ޢަމަލުކުރަން ފަށާނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ހެރަތް ވިދާޅުވެފައިވެ އެވެ. 

ހެރަތް ވިދާޅުވިގޮތުގައި މީގެ ކުރިން ރާއްޖެއިން ލަންކާއަށް ޓޫރިސްޓް ވިސާގައި ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހިން ވަރަށް ގިނައެވެ. ނަމަވެސް ވިސާގެ އުސޫލު ހަރުކަށިކުރި ފަހުން ލަންކާއަށް އަންނަ ދިވެހިންގެ އަދަދު މަދުވިކަމަށް ހެރަތް ވިދާޅުވެފައިވެ އެެވެ. 

ރާއްޖެ އިން ލަންކާ ފަތުރުވެރިންނަށް ހިލޭ ވިސާގައި އެތެރެވުމުގެ ހުއްދަ ދީފައިވެ އެވެ. ލަންކާގެ ޚާރިޖީ ވަޒީރު މިކަން އިޢުލާންކުރައްވާފައިވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކޭ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ. 

ލަންކާއިން ހިލޭ ވިސާ 47 ގައުމަކަށް ދިނުމަށް ނިންމާފައިވާކަމަށް ލަންކާގެ ރައީސް ވިދާޅުވެފައި ވެއެވެ. މިވަގުތު ލަންކާއިން ހިލޭ ވިސާ ދެނީ 7 ޤައުމަކަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން