Ads by Stelco

ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު ނައިބު ރައީސާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނައިބު ރައީސާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނައިބުރައީސާ ބައްދަލުކުރެއްވުން: ފޮޓޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

26 ޖުލައި 2025، 01:43

26 ޖުލައި 2025، 01:43

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުވުމާއި ގުޅޭ މަޝްވަރާތައް  ކުރިއަށްގެންގޮސްފައިވެއެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި ބަހުން ލިޔުއްވާފައިވަނީ،

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ވަނީ ބޭއްވިފައި. އަޅުގަނޑުމެން ކުރި މަޝްވަރާގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެވުނު. ދެޤައުމުން ދަނީ އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުން. މިކަމުން ދެޤައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރޭ. އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ވަރުގަދަވެގެން ދިޔުން.  

މިހެންނެވެ.  


އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތީ ރައިސްގެ ޚާއްޞަ ދަޢުވަތަކަށް މިނިވަންދުވަހާއި ގުޅިގެން ހުޅުވަން ތައްޔާރުވެފައިވާ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިއެއްޔެގެ ވަގުތެއްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން