Ads by Stelco

ޚަބަރު

ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެން: އައްބާސް އިބްރާހިމް

ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެން: އައްބާސް އިބްރާހިމް

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް: ފޮޓޯ- ސަންގު ނޫސް

farudhun logo

ފަރުދުން

26 ޖުލައި 2025، 01:14

26 ޖުލައި 2025، 01:14

ޤައުމުގެ މިނިވަންކަމަކީ ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއްކަމަށާއި، އެކަން ދެމެހެއްޓޭނީ އެންމެންވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެންކަން ހަނދާނުގައި ބަހައްޓަންޖެހޭކަމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އައްބާސް އިބްރާހިމް މިހެން ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ސަންގުޓީވީއާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ އަދި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ކުރިޔަށް ގެންދިޔަ ”ބަހުސް 60“ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، މިނިވަންކަމަކީ ކާބަފައިން މިޖީލާހަމައަށް ވާސިލުކޮށްދީފައިވާ ވަރުގަދަ އަމާނާތެއްކަމަށެވެ. އެހެންކަމުން ދަރިންނާއި ދަރިންގެ ދަރީންނާއި ހިސާބަށްވެސް އެ އަމާނާތް ވާސިލުކޮށްދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. 

އައްބާސް ވިދާޅުވީ، މިނިވަންކަމަކީ މާތްﷲ ދިވެހިންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއްކަމަށެވެ. މީިއީ، ދުނިޔެއިންވެސް ދިވެހިންނަށް ލިބިދީފައިވާ ވަރަށް ބޮޑު ޝަރަފެއްކަމަށާއި އެކަން ދަމަހައްޓާ ގަދަރު ކުރަންޖެހޭނެކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސް އިތުރަށް ވިދާޅުވީ، މިނިވަންކަމަކީ ކާބަފައިން މިހިސާބަށް ގެނެސްދެއްވާފައިވާ ވަރުގަދަ އަމާނާތެއްކަމަށާއި މިއަމާނާތް ދަރިންނާއި ދަރިންގެ ދަރީންނާއި ހިސާބަށްވެސް ވާސިލުކޮށްދޭންޖެހޭނެކަމަށެވެ. އެކަމުގައި ދިވެހިންގެ ތެރެއިން ކޮންމެ ރައްޔިތެއްގެވެސް މަސްއޫލިއްޔަތެއް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައްބާސް ވިދާޅުވީ، ދިވެހިންނަކީ އަބަދުވެސް މިނިވަން ބައެއްގެ ގޮތުގައި ތިބުމަށް އެދިވަޑައިގަންނަވާކަމަށާއި މި ގައުމު މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ދިވެހިންނަކީ މިނިވަންކަމާއި އުފާވެރިކަމާއި އަމާންކަން ލިބިގެންވާ ބައެއްގެ ގޮތުގައި ލެހެއްޓެވުން އެދިވަޑައިގަންވާކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން