Ads by Stelco

ޚަބަރު

ދިވެހި ފުލުހުންނާއި ސިފައިންނަށްޓަކައި ކޮށްދޭންޖެހުނު ކޮންމެ ކަމެއް ކުރާނަން- ރައީސުލްޖުމްހޫރިއްޔާ

ދިވެހި ފުލުހުންނާއި ސިފައިންނަށްޓަކައި ކޮށްދޭންޖެހުނު ކޮންމެ ކަމެއް ކުރާނަން- ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

26 ޖުލައި 2025، 11:55

26 ޖުލައި 2025، 11:55

ދިވެހި ފުލުހުންނާއި ސިފައިންނަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިނިވަންކަން ގެއްލިދިޔަ މަދު ފަހަރު ތަކުގައިި ޤައުމަށްޓަކައި ޖިހާދު ކުރެއްވީ ޤައުމުގައި އޮތް އަސްކަރީ ބާރާއި ދިފާއީ ބާރާ ސަލާމަތީ ބާރުން ކަމުގައެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، މި ޤައުމު ދިފާއުކޮށް އެންމެ މަތިވެރި ޒިންމާ އަދާކުރަނީ ފުލުހުންނާއި ސިފައިންކަން ރައިސް ފާހަގަކުރެއްވިއެވެ. 

ފުލުހުންނާއި ސިފައިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިިދާޅުވީ، ފުލުހުންނާއި ސިފައިންގެ މުއައްސަސާ ވަނީ ގިނަ އަހަރު ތަކަކަށް އަޅާނުލެވި ދޫކޮށްލެވިފައި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ އެންމެ އިސް ވާޖިބަކަށް ވާން ޖެހޭނީ ފުލުހުންނާއި ސިފައިންގެ ދެ މުއައްސަސާ ކުރިއަރުވާ،   ދެ މުއަައްސަސާގެ ޚިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ކަމަށެވެ. ހަމައެއާއެކު، މި ސަރުގެ ސިޔާސަތަކީވެސް އެއީ ކަމަށާއި، އެކަމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައިސް ޑރ.މުޢިއްޒު ވިދާޅުވީ، ފުލުހުންނާއި ސިފައިންނަށް ކޮށްދޭ ކަމަކީ ދިވެހި ކޮންމެ ރައްޔިތަކާއި ޤައުމަށް ކޮށްދެވޭ ކަމެއްކަމަށެވެ. އެގޮތުން އަންނަން އޮތް ޖީލުތަކަށް މި ޤައުމު މިނިވަންކަމާ ސަލާމަތްތެރިކަމާއެކީ ފޯރުކޮށްދިނުމަށް އެންމެ ބޮޑު ޤުރުބާނީއެއް ވަމުން ގެންދަވަނީ ދިވެހި ފުލުހުންނާއި ސިފައިިން ކަމަށްވެސް ރައިސްގެ ވާހަކަފުޅުގައި ފާހަގަ ކުރެެއްވިއެވެ. ކަން މިހެން ހުރުމާއެކު، ދިވެހި ފުލުހުންނާއި ސިފައިންނަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް އެންމެ އިސްކަންދީގެން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން