ވިޔަފާރި / ޚަބަރު

އަންނަ ހޯމައިގައި އާރުޓީއެލް ފެރީގެ ޚިދުމަތް ބ. އަތޮޅުގައި ފަށަނީ

އަންނަ ހޯމައިގައި އާރުޓީއެލް ފެރީގެ ޚިދުމަތް ބ. އަތޮޅުގައި ފަށަނީ

އާރުޓީއެލް ފެރީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ޖުލައި 2025، 09:42

24 ޖުލައި 2025، 09:42

އަންނަ ހޯމަ ދުވަހު ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ބ. އަތޮޅުގައި ފެށުމަށް ނިންމާފައިވާކަމަށް، އެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން ނެރުނު ބަޔާނުގައި ބުނީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ބ. އަތޮޅަށް އާރުޓީއެލް ފެރީގެ ޚިދުމަތް 28 ޖުލައި 2025 ވަނަ ދުވަހު ފެށުމަށް އެ ނިންމާފައިވާކަމަށެވެ.

ޚިދުމަތް ފެށުމަށްފަހު އެއް ހަފްތާ ވަންދެން މި ޚިދުމަތް ދިނުމަށް ނިންމާފައި ވަނީ މުޅިން ހިލެއެވެ. އެއީ 28 ޖުލައިން 3 އޯގަސްޓު 2025ގެ ނިޔަލަށެވެ. އެމްޓީސީސީއިން ބުނީ ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައެޅި މައިގަނޑު މަޤުސަދަކީ ފެރީ ޝެޑިއުލަށް ކަސްޓަމަރުން އަހުލުވެރިކޮށް، އެ ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ވެސް މިކަމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ވަނީ ވިދާޅުވެފައެވެ. 

ހިލޭ ޚިދުމަތް ފޯރުކޮށްދޭ މުއްދަތުގައި ޖާގަ ދޫކުރާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. އަދި އެ މުއްދަތު ނިމުމުން ފެރީގެ ޚިދުމަތް ހޯދުމަށް ޓިކެޓު ގަންނަންޖެހޭނީ އާރުޓީއެލް ފެރީއަށް ޙާއްސަ ވެބްސައިޓު ނުވަތަ އާރުޓީއެލް އެޕުންނެވެ. 

ފެރީއިން ދަތުރުކުރުމަށް އަގު ނަގަން ފެށި ނަމަވެސް، އާރުޓީއެލް ފެރީތަކުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ. 

ޒޯން 2 ގެ ބ. އަތޮޅުގެ އާރުޓީއެލް ފެރީ ޚިދުމަތް ހަފުތާއަކު 06 ދުވަހު 3 ރޫޓަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

އާރުޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ފެށުމުން، ޖުމުލަ 11 އަތޮޅަކުން އެ ޚިދުމަތް ދެވެން ފެށުނީއެވެ. އެއީ ޒޯން 1 ގެ ހއ، ހދ، ށ، އާއި، ޒޯން 2 ގެ ނ، ރ، ބ، ޅ އާއ ޒޯން 5ގެ އ، ގދ. އަދި ޒޯން 6 ގެ ޏ، ސ، އަތޮޅެވެ.  ހަމައެހެންމެ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތީން ބާކީ 9 އަތޮޅުގައިވެސް އާރ.ްޓ.ީއެލ.ް ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމުގައި ވެސް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން