Ads by Stelco

ޚަބަރު

މިނިވަން ދުވަހު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަނީ

މިނިވަން ދުވަހު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަނީ

މާލޭގެ މަގުމަތި

farudhun logo

ފަރުދުން

24 ޖުލައި 2025، 05:46

24 ޖުލައި 2025، 05:46

މިނިވަން ދުވަހު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ. 

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލެ ސަރަޙައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.  

އަދި މި ހަރަކާތްތައް ކުލަގަދަގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް މާލޭގެ ބައެއް މަގުތަކުގައި ދުއްވުން މަނާކުރަން ނިިންމާފައިވާ ކަމަށް އިޢުލާނުގައިވެ އެވެ. 

މާލެ ސިޓީ ކައުންސިލުން ވަނީ ޖުލައި 25 ގައި ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު
13:00 އިން 18:00 އަށް ދުއްވުން މަނާކޮށްފައެވެ. އަދި ޖުލައި 26 ގައި 15:00 އިން 18:30 އަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުމަށް މަނާކޮށްފައިވެ އެވެ. ޖުލައި 27 ގައި ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް 18:00 އިން 00:00 އާއި ދޭތެރޭގައި ނުދުއްވުމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. 

މަތީގައި ބަޔާންކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް މާލޭގެ މަގުތަކުގައި ކަނޑައަޅާފައިވާ ވަގުތުތަކުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ  ދަށުން މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާނުކޮށްފައިވެ އެވެ. ނަމަވެސް އެމްބިއުލެންސްއާއި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ބޭނުންކުރާ ބަސްތަކަށް މި މުއްދަތުގެ ތެރޭގައި ދަތުރުކުރުމުގެ ހުއްދަ ލިބިގެންވާ ކަަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. 

މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް މި އިޢުލާނުގައި ބުނެފައިވެ އެވެ. 

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނާ ޚިލާފު ޢަމަލުތައް ކުރާ ފަރާތްތަކުގެ ލައިސަންސް، މި ޤާނޫނުގައިވާ ގޮތުގެމަތިން ހިފެހެއްޓުމުގެ އިޚްތިޔާރު، ޓްރެފިކް ފުލުހުންނަށް ލިބިގެންވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމަށް ޝަރްޢީ ކޯޓަކުން ކުރާ އަމުރެއްގެ ދަށުން، އަމުރުކުރާ މުއްދަތަކަށް ލައިސަންސް ހިފެހެއްޓޭނެވެ. މި ޤާނޫނާއި ޚިލާފުވާ ފަރާތްތަކުގެ އުޅަނދު ހިފެހެއްޓުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެ އެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން