ޚަބަރު
މިފްކޯއިން މިއަދު މަސްވެރިންނަށް 1.1 މިިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންތަކެއް މަސް ބާނަނީ/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ފަރުދުން
24 ޖުލައި 2025، 04:00
24 ޖުލައި 2025، 04:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު މަސްވެރިންނަށް 1.1 މިިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން މިއަދު ޢާންމުކުރި ރިޕޯޓްގައިވާ ގޮތުގައި މިފްކޯއިން މިއަދު މި ފައިސާ ދޫކޮށްފައިވަނީ 38 ދޯންޏަކަށެވެ. މިއީ އަންގާރަ ދުވަހު މިފްކޯއިން ކިރުވި މަހަށް ދެއްކި ފައިސާ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.
މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފަށައިގެން މިފްކޯ އިން އަންނަނީ މި ވަޢުދު ފުއްދުމަށްޓަކައި، މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ސިނާޢަތްކަމަށް ހެދުމަށް ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސްވެރިކަމުގެ ލޯނު ސްކީމްތައް ތަޢާރަފުކޮށް، މަސްވެރިކަމުގެ އާލާތްތައް އަގުހެޔޮކޮށް ލިބޭނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރުއަޅައި، މަސްވެރިންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.