Ads by Stelco

ޚަބަރު

ގެދޮރާއި އަގުހުރި ތަކެއްޗަށް ގެއްލުމެއް ލިބުމުން ކުރެވިދާނެ ކަންކަން ކިޔަދިނުމަށް "ސޭފް ހޮލިޑޭސް" ޕްރޮގްރާމު ކުރިއަށްގެންގޮސްފި

ގެދޮރާއި އަގުހުރި ތަކެއްޗަށް ގެއްލުމެއް ލިބުމުން ކުރެވިދާނެ ކަންކަން ކިޔަދިނުމަށް "ސޭފް ހޮލިޑޭސް" ޕްރޮގްރާމު ކުރިއަށްގެންގޮސްފި

ފުލުހުންގެ "ސޭފް ހޮލިޑޭސް" ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ- ފުލުހުން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

24 ޖުލައި 2025، 01:59

24 ޖުލައި 2025، 01:59

ގެދޮރާއި އަގުހުރި ތަކެއްޗަށް ގެއްލުމެއް ލިބުމުން ކުރެވިދާނެ ކަންކަން ކިޔަދިނުމަށް "ސޭފް ހޮލިޑޭސް" ޕްރޮގްރާމު ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ސްކޫލު ބަންދާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މާލެ ފްރޮންޓްލައިން ޕޮލިސިންގގެ ނެއިބަރހުޑް ސަޕޯޓުން "ސޭފް ހޮލިޑޭސް" ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 

ފުލުހުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މި ޖުލައި މަހުގެ 22އިން ފެށިގެން ތިންދުވަހުގެ މުއްދަތަކަށެވެ. މި ހަރަކާތުގައި، މާލޭގައި ރައްޔިތުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ވިޔަފާރިތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން އާންމު ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ޗުއްޓީއަށް ފުރުމުގެ ކުރިން ރައްޔިތުންގެ ގެދޮރާއި އަގުހުރި ތަކެތި ގެއްލުމެއް ލިބުމުން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.

ފުލުހުން ވިދާޅުވީ، އެންމެ ގިނައިން ދިމާވަމުންދާ ސްކޭމް މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުތަކުން ރައްކާތެރިކުރުވުމަށް ވެސް މި ހަރަކާތުގެ ތެރެއިން މައުލޫމާތު ދީފައިވެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވާކަމަށެވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންގެ ޗުއްޓީ މިއަދު ރަސްމީކޮށް ފެށިފައިވާއިރު ގިނައަދަދެއްގެ މީހުންވަނީ ޗުއްޓީ ހޭދަކޮށްލުމަށް އަތޮޅުތެރޭގެ ރަށްތަކަށާއި ބޭރުޤައުމުތަކަށް ފުރަން ފަށާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން