Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނ. މަގޫދޫ ބަނދަރު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ނ. މަގޫދޫ ބަނދަރު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ނ.މަގޫދޫ ބަނދަރު ހުޅުއްވައި ދެއްވަނީ

farudhun logo

ފަރުދުން

23 ޖުލައި 2025، 03:56

23 ޖުލައި 2025، 03:56

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނ. މަގޫދޫ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ނ. މަގޫދޫ ބަނދަރު ހުޅުވާފައި މިވަނީ އަޕްގްރޭޑް ކުރުމަށްފަހުގައެެވެ. ނ. މަގޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 34،497،261.45 ރުފިޔާގެ އަގަށް 365 ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކޮށް 172 މީޓަރުގެ ކީވޯލް (ވާޓަރު) ޖެހުމާއި، 253 މީޓަރުގެ ބޭރު ތޮށި ޖެހުމާއި، 364 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރުގެ ޕޭވްމަންޓާއި، މަގު ބައްތި އަދި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. ބަނދަރުގެ މަސައްކަތް ނިމިފައިވަނީ 23 ޖެނުވަރީ 2025 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަނދަރުގެ އިތުރުން އެރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބުދުﷲ ރާފިޢުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން