Ads by Stelco

ޚަބަރު

މަގޫދޫ ސްކޫލުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް ފަށަނީ

މަގޫދޫ ސްކޫލުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް ފަށަނީ

މަގޫދޫ ރައްޔިތުން ރައީސްއަށް މަރުހަބާ ދަންނަވަން ބަނދަރުމަތީގައި---ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

23 ޖުލައި 2025، 03:53

23 ޖުލައި 2025، 03:53

ސަރުކާރުން ނ. މަގޫދޫ ސްކޫލުގެ އެކްސްޓެންޝަން އިމާރާތެއް ތަރައްޤީކުރަން އުޅޭކަމުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙިއްސާކުރައްވައިފިއެވެ. 

ރައީސް މިކަމުގެ މަޢުލޫމާތު ޙިއްސާކުރެއްވީ އަތޮޅުތެރޭގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަގޫދޫ ރައްޔިތުންނާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ. 

މަގޫދޫ ރައްޔިތުންނާއި މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން މިިއަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި މަގޫދޫ ސްކޫލުގެ ޕްރޮޖެކްޓް ހިމެނޭ ކަމަށެވެ. އެގޮތުން އެ ސްކޫލުގެ ކްލާސްރޫމާއި މުވައްޒަފުންގެ އެކި ކަންކަމަށް ބޭނުންވާ ޖާގައާއި ލައިބްރަރީގެ ކަންކަމަށް އެކަށީގެންވާ އިމާރާތެއް އަޅަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. 

އެހެންވީމާ، އަންނަ ސެޕްޓެމްބަރ މަސް ތެރޭގައި ސޮއިކުރަން ތައްޔާރުކުރާ ބެޗްގައި ވަރަށް ގިނަ ރަށްތަކުގެ  މަޝްރޫޢުތައް ހިމެނޭ ކަމަށް ރައީސް ވަނީ މަޢުލޫމާތުދެއްވާފައެވެ. މަގޫދޫ ސްކޫލު ތަރައްޤީކުރުމުގެ ޢަަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވަނީ މަޢުލޫމާތުދެއްވާފައެވެ. 

މީގެ އިތުރުންވެސް، ރައީސް ވަނީ އެރަށުގެ ޞިއްހީ މަރުކަޒު ތަރައްޤީކުރުމާއި ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތާއި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސަައްކަތް މިއަހަރު ތެރޭގައި މަގޫދޫގައި ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ. މަގޫދޫ ސްކޫލެކޭ އެއްގޮތަށް މަގޫދޫ ޞިއްހީ މަރުކަޒުގެވެސް އެކްސްޓެންޝަން އިމާރާތެއް އަޅުއްވާނެ ކަމަށް ރައީސް ވަނީ މަޢުލޫމާތުދެއްވާފައެވެ. 


Ads by MSS

މި ލިޔުން ކިޔާލުމުން