Ads by Stelco

ޚަބަރު

މިލަދޫގައި 50 ހައުސިން ޔުނިޓް އަޅަން އިޢުލާންކޮށް މިހާރު ވަނީ ބިޑިން މަރުހަލާގައި: ރައީސް

މިލަދޫގައި 50 ހައުސިން ޔުނިޓް އަޅަން އިޢުލާންކޮށް މިހާރު ވަނީ ބިޑިން މަރުހަލާގައި: ރައީސް

ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

23 ޖުލައި 2025، 03:16

23 ޖުލައި 2025، 03:16

ހުލާސާ


މިލަދޫގައި 50 ހައުސިން ޔުނިޓް އަޅަން އިޢުލާންކޮށް މިހާރު އެކަންތައް ބިޑިން މަރުހަލާގައި އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިގޮތަށް ވިދާޅުވީ އަތޮޅުތެރޭގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިލަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. 

މިލަދޫ ރައްޔިތުންނާއި މުހާތަބު ކުރައްވަމުން ރައީސް ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭގައި މިލަދޫ ހިމެނޭ ކަމަށާއި އެރަށުގައި 50 ހައުސިން ޔުނިޓް އެޅުމަށް އިޢުލާންކޮށް ބިޑިން މަރުހަލާ ފެށިފައިވާ ކަމަށް މަޢުލޫމާތުދެއްވާފައެވެ.  މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ކައުންސިލުން ހައުސިންގ މިނިސްޓްރީއާއެކު މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެެވެ. އޭރުން ރަށު ރައްޔިތުން ބޭނުންވާގޮތް ނިންމުމުގައި ޚިޔާލު ހުށަހެޅޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. 

މިސާލަކަށް ލޭންޑް ޔޫޒް ޕްރޮޖެކްޓް ސަރަހައްދުގަ ހުރިހާ ޔުނިޓްތަކެއް ހަދާނީތޯ ނޫނިއްޔާ އަމިއްލަ މީހުންގެ ގޯތީގަ ވަކިވަކި ޔުނިޓްތައް ހަދާނީތޯ. އެއީ ކޮންމެ ރަށެއްގަވެސް ރައްޔިތުން ނިންމަންޖެހޭ ކަމެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭގައި 58 ރަށެއް ހިމެނޭއިރު އެހުރިހާ ރަށްރަށަށް ސަރުކާރުން މި ފުރުޞަތު ދިންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވިގޮތުގައި ރައްޔިތުން އެދޭގޮތަށް ޓެންޑަރިން ޕްރޮސެސްގެ ތެރެއިން ހައުސިން މިނިސްޓްރީން ބަޔަކާއި މި މަސައްކަތް ޙަވާލުކުރާނެއެވެ. 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިލަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމަަށެވެ. އެއާއެކު، ރައީސް ވަނީ އެކަންކަމާއި ގުޅުންހުރި މަޝްރޫޢުތަކުގެ އަދާހަމަތައް ހިއްސާކުރައްވާފައެވެ. އެގޮތުން މިލަދޫ މަގުހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފައިވާ ވާހަކަ ޙިއްސާކުރައްވާފައިވެ އެވެ. އެވާހަކައާއި އެކީގައި ރައީސް ވަނީ މިލަދޫގެ ރަށްގިރުމުގެ މައްސަލައަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ރަށުގެ ރައްޔިތުންނަށް ފަސޭހައިން މޫދަށް އެރި އުޅުމުގެ އިންތިޒާމެއް އޮންނަންވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެރަށުގައި  ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްެރޫޢު ކުރިއަށްގެންދާނީ މޫދަށް އެރޭ ސަރަހައްދެއްވެސް ހިމެނޭ ގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

އިތުރު އެހެން މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މިލަދޫގެ ފެނުގެ ނިޒާމް ނިންމުމަށް އެމްޑަބްލިޔުއެސްސީއިން މަސައްކަތްކުރާނެ ކަމަށެވެ. އަދި ޞިއްޙީ މަރުކަޒުވެސް ނިންމިގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ. ރައީސް ވިދާޅުވީ މި ޞިއްޙީ މަރުކަޒަކީ 16 ގަޑިއިރުު ޚިދުމަތްދެވޭނެ ތަަނަކަށްވާންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެތަނުގައި ތިބި ނަރުހުންގެ އަދަދު މަދުކަން ފާހަގަކުރައްވާފައިވެ އެވެ. މިކަމަށް ޙައްލެއް ހޯދުމުގެގޮތުން  މަދުވެގެން 2-3 މުވައްޒަފުން ޓެކްނިކަލް ސްޓާފުންގެ ގޮތުގައި ޞިއްޙީ މަރުކަޒުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން