Ads by Stelco

ޚަބަރު

ރައީސް، މިލަދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތަކާއި ބައްދަލުކުރައްވައިފި

ރައީސް، މިލަދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތަކާއި ބައްދަލުކުރައްވައިފި

ރައީސް، މިލަދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތަކާއިއެކު ބޭއްވި ބައްދަލުކުރެއްވުން

farudhun logo

ފަރުދުން

23 ޖުލައި 2025، 02:31

23 ޖުލައި 2025، 02:31

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި އެރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު އޮތް މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ހިދާޔާ ސްކޫލުގައެވެ. ރައީސްގެ މި ބައްދަލުވުމުގައި ރަށު ރައްޔިތުންނަށް އެންމެ މުޙިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގައި މިހާރު ކައުންސިލް އިދާރާ ހިންގަމުން ދަނީ ކުއްޔަށް ނަގާފައިވާ އިމާރާތެއްގައި ކަމަށާއި މިހާރު ހަދަމުންދާ ކައުންސިލްގެ އިމާރާތުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާއި ރަށުގައި ފެށިފައިހުރި ތަރައްޤީގެ މަސައްކަތްތައް އަވަހަށް ނިންމަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒަށް ތަމްރީނު ލިބިފައިވާ އިތުރު ނަރުހުން ހޯދުމަށާއި އެރަށުގައި ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވުމަށް ވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި މިބައްދަލުވުމުގައި މެންބަރުން ވަނީ ރަށުގެ މަގުތައް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމާއި ރިވެޓްމަންޓް ޖެހުމާއި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން