ޚަބަރު
ކުޑަފަރީގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފި

ކުޑަފަރީގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އެޅުން

ފަރުދުން
22 ޖުލައި 2025، 04:19
22 ޖުލައި 2025، 04:19
ނ.ކުޑަފަރީގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އިސްވެރިން މިހާރު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ކުޑަފަރީގައި ޤާއިމްކުރާ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް އަލްފާޟިލް ތާރިޤު އިބްރާހީމެވެ. މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނ.ކުޑަފަރީގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ޑރ.މުޢިއްޒު ބައްދަލުކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކުޑަފަރީ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.މިމަހުގެ 21 އިން 24 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.