ޚަބަރު
ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ފަރުދުން
22 ޖުލައި 2025، 02:47
22 ޖުލައި 2025، 02:47
ޤަވާއިދާ ޚިިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސް އިން އިއްޔެ ހަވީރު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ރެއިޑުގައި މާލޭގެ ކެފޭއެއް ބަލައި ފާސްކޮށް، ޖުމްލަ 09 ފަރާތެއް ޗެކްކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެެ. އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، މި ރެއިޑުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯސް އިން ވަނީ އިއްޔެ ހަވީރު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި ރެއިޑުގައި މާލޭގެ ކެފޭއެއް ބަލައި ފާސްކޮށް، ޖުމްލަ 09 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް… pic.twitter.com/9TJKjZYrV1
— Maldives Immigration (@ImmigrationMV) July 22, 2025
އިމިގްރޭޝަނުން ދަނީ ނިމިދިޔަ 2024 ވަނަ އަހަރުންފެށިގެން ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ ގޮތުން ރެއިޑް އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ގިނަ އަދަދެއްގެ ބިދޭސީން ހޯދިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލަތަކާއި ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.