ދުނިޔެ

ބަނޑުހައި ހޫނުކަމުގައިތިބި ކުދިންނަށް ހުރި ކާނާ އަންދާލި މައްސަލާގައި ޓްރަމްޕް ސަރުކާރަށް ސެނެޓަރ ކެއިންގެ ފާޑުކިޔުން

ބަނޑުހައި ހޫނުކަމުގައިތިބި ކުދިންނަށް ހުރި ކާނާ އަންދާލި މައްސަލާގައި ޓްރަމްޕް ސަރުކާރަށް ސެނެޓަރ ކެއިންގެ ފާޑުކިޔުން

ޑިމޮކްރެޓިކް ސެނެޓަރ ޓިމް ކެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2025، 02:11

22 ޖުލައި 2025، 02:11

އެމެރިކާގެ ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުހިންމު ޖަލްސާއެއްގައި ޑިމޮކްރެޓިކް ސެނެޓަރ ޓިމް ކެއިން، ޓްރަމްޕްގެ އިދާރާއަށް ހޫނު ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ. ބަނޑުހައިހޫނުކަމުގައި ތިބި ކުދިންނަށް ޚާއްސަ 500 މެޓްރިކް ޓަނުގެ ކާބޯތަކެތި ބަހާލުމުގެ ބަދަލުގައި އަންދާލީ ކީއްވެތޯ އެނާ ސުވާލު އުފައްދަވައިފައިވެއެވެ.

ސެނެޓަރ ކެއިން ވިދާޅުވީ، މި ކާބޯތަކެތި ރައްކާކޮށްފައި ހުރީ ދުބާއީގައި ހުންނަ ޔޫ.އެސް.އެއިޑްގެ އޮފީހެއްގައި ކަމަށެވެ. އެ ކާބޯތަކެތީގެ މުއްދަތު ހަމަވާން ގާތްވެފައި ހުއްޓާ، މިދިޔަ ޖުލައި މަހު އެ މުއްދަތު ހަމަވެފައިވެއެވެ. ނަމަވެސް، މާޗް މަހު އިންޒާރު ލިބުނު ނަމަވެސް، މި އެހީ ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދީފައެއް ނުވެއެވެ.

އެނާ ވިދާޅުވީ، މި ކާބޯތަކެއްޗަކީ މަހެއްގެ މުއްދަތަށް ގާތްގަނޑަކަށް 27,000 ކުދިންނަށް ކާނާ ދެވިދާނެ ވަރަށް ހުރި ތަކެތި ކަމަށެވެ. ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން ގަނެފައިވާ މި ތަކެތި ބޭކާރުކޮށްލި ކަމަށް ޓިމް ކެއިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "މިއީ ބަނޑުހައި ކަމުގައި ތިބި ކުދިންނަށް ކާންދޭން ހުރި އެއްޗެހި. ގުދަންތަކުގައި ބަންދުކޮށް އަންދާލާކަށް ނޫން." އެނާ ހިތްހަމަ ނުޖެހިފައި ވިދާޅުވިއެވެ.

ސެނެޓަރު ކެއިން މި ސުވާލުތައް ސީދާ އަމާޒުކުރެއްވީ މެނޭޖްމަންޓް އެންޑް ރިސޯސަސްއާ ބެހޭ ނައިބު ސެކްރެޓަރީ މައިކަލް ރިގަސްއަށެވެ. އެނާ ވަނީ ފިޔަވަޅު ނޭޅުމަށް ފާޑުކިޔައި، ހަރުކަށި ސުވާލުތައް ކުރައްވާފައެވެ.

 "މި ކާނާ ހާހުން ބައެއް މީހުންނަށް އެހީތެރިވެދެވޭނެ ގޮތަށް ހުރި އިރު، ކީއްވެ ބަހާނުލީ؟" އެނާ ސުވާލުކުރެއްވިއެވެ.

ރިގަސްއަށް މި ސުވާލަށް ސާފު ޖަވާބެއް ދެވިފައެއް ނުވެއެވެ. އެނާ ވިދާޅުވީ، "މައްސަލަ ބަލާނެ" ކަމަށެވެ. ނަމަވެސް ސެނެޓަރ ކެއިން ވަނީ ހަނދާންކޮށްދެއްވީ، މި ސުވާލު ކުރީ ދުވަހުވެސް ކުރެވިފައިވާ ކަމަށާއި، ރިގަސްއަށް ތައްޔާރުވުމަށް ވަގުތު ލިބުނު ކަމަށެވެ. އަދި އޭނާ ދެއްވި ޖަވާބަކީ ޤަބޫލުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، އެއީ އިހުމާލުވެފައިވާ ޖަވާބެއް ކަމަށް ކެއިން ވިދާޅުވިއެވެ.

ފަހުން، ރިގަސް ވަނީ ކޮމިޓީއަށް އެކަށީގެންވާ ޖަވާބެއް ނުދެވުނު ކަން ޤަބޫލުކުރައްވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން