ޚަބަރު
ތަޢުލީމީގޮތުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދޭނަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ނ.ލަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ފަރުދުން
22 ޖުލައި 2025، 11:37
22 ޖުލައި 2025، 11:37
ލަންދޫއަށް ތަޢުލީމީގޮތުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައިސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެން ފަދައިން، ލަންދޫ ޞިއްޚީ މަރުކަރު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ހަދައި، ތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި މިނޫންވެސް ޞިއްޚީ ދާއިރާއަށް ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެމުން ގެންދާނެކަަމަށެވެ. ހަމައެއާއެކު ކުޅިވަރު ވަޢުދުތައްވެސް ރައްޔިތުން ބޭނުންވާ ފަދައިން ފުރިހަމަވެގެންދާނެ ކަމަށާއި މިހާރު ކުރިއަށްދާ ކަންތައްތަކުގެ އިތުރުން އަންހެން ކަނބަލުންނަށް ޚާއްޞަ ހޭންޑްބޯލް ކުޅޭނެ ސަރަޙައްދެއް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައިސް ވިދާޅުވިއެވެެ.
ރައީސް ވިދާޅުވީ އެރަށުގައި ތަރައްޤީ ކުރަން ނިންމާފައިވާ މޫދައް އެރޭ ސަރަޙައްދާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށެވެ. އެގޮތުން ބައިބަޔަށް ބަހާލައިގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ލަންދޫގެ މަސައްކަތްތައް ކުރިއަށް އޮތް ބެޗުގައި ހިމަނާނެ ކަމަށްވެސް ރައިސް ވިދާޅުވިއެވެ. އެހެންކަމުން ނޮވެމްބަރ-ޑިސެމްބަރ ހިސާބުގައި މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަން އެމަނިކުފާނުު ފާހަގަ ކުރެއްވިއެވެެ.
ރައީސް ވިދާޅުވީ ވަޢުދުފުޅުތަކުގެ އިތުރުން ތައުލީމީގޮތުން ސުކޫލަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވާނެކަމަށެވެ. އަދި ހަމައެއާއެކު ދެން ލަންދޫއަށް ވަޑައިގަންނަވާއިރު ބޭނުންފުޅުވަނީ މިކަންކަން ނިމިފައިވާތަން ދެކި މަޝްރޫޢުުތަކުގެ ނިމުން ފާހަގަ ކުރައްވަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
President Dr @MMuizzu meets with the Landhoo Island Community. In his address, the President announced plans to address the issue of land erosion by implementing shore protection measures along with the development of a beach for beachgoers.#RayyithunGaathah #NoonuVisit pic.twitter.com/67bfhUKoO0
— The President's Office (@presidencymv) July 22, 2025