Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ރަށު ތަރައްޤީއާއި ގުޅޭ މަޝްވަރާތައް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ރަށު ތަރައްޤީއާއި ގުޅޭ މަޝްވަރާތައް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ނ.ލަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއި ބައްދަލު ކުރެއްވުން

farudhun logo

ފަރުދުން

22 ޖުލައި 2025، 11:10

22 ޖުލައި 2025، 11:10

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ތަރައްޤީއާއި ރައްޔިތުން ބޭނުންވާ ކަންކަމާގުޅޭ މަޝްވަރާތައް ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި ލަންދޫ ކައުންސިލްގެ ފަރާތުން ވަނީ ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއި، ތަޢުލީމާއި ތަރައްޤީގެ ދާއިރާތަކުން ބޭނުން ޖެހިފައިވާ ކަންކަން ރައިސާއި ހިއްސާ ކުރައްވާފައެވެ. ރަށު މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުގެ ކުރިން ރައިސް ވަނީ އެރަށުގައި ޤާއިމްކުރާ ފިޓްނަސް އެނޑް ރެކްރިއޭޝަން ސެނޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި އެއަށްފަހު ރައްޔިތުންނާއި ބައްދަލުކުރައްވާ، ރަށު ތަރައްޤީއާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައި ޞިއްޙި ދާއިރާއާއި، ކުޅިވަރާއި، ތަރައްޤީ އަދި ތަޢުލީމީ ދާއިރާތައް ހިމެނެއެވެ. 



މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން