Ads by Stelco

ޚަބަރު

ނ.ލަންދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ނ.ލަންދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ އަދި ދައުލަތުގެ އިސްވެރިން ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

farudhun logo

ފަރުދުން

22 ޖުލައި 2025، 10:29

22 ޖުލައި 2025، 10:29

ނ އަތޮޅު ލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ލަންދޫގައި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެރަށުގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. މި ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ދައުލަތުގެ އިސްވެރިންނާއި ލަންދޫ މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 

ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާރަށެއްގައިވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުން ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެފައި ވެއެވެ. މި ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ލަންދޫގައި ޤާއިމްކުރާ ފިޓްނަސް ސެންޓަރުގެ މަސައްކަތް ކުރުމަށްވެސް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަނާއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން