ޚަބަރު
ބެލްޖިއަމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަޙުނިޔާ ފޮނުއްވައިފި

ބެލްޖިއަމްގެ ދިދަ ---

ފަރުދުން
21 ޖުލައި 2025، 09:56
21 ޖުލައި 2025، 09:56
ބެލްޖިއަމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މަކްސިމް ޕްރެވޫއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ތަޙުނިޔާގެ މެސެޖުގައި ވަޒީރު ވިދާޅުވީ، އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަޙުނިޔާ ދެންނެވުމަކީ އެ މަނިކުފާނަށް ލިބިލެއްވި ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.
އަދި ދިވެހިރާއްޖެ އާއި ބެލްޖިއަމްއާ ދެމެދު 1977އިން ފެށިގެން ޚާރިޖީ ގުޅުން ގާއިމްކުރެވުނީއްސުރެން، އެ ގުޅުން ދެމެހެއްޓުން ބިނާވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުމާއި އިޙްތިރާމްގެ މައްޗަށްކަމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބައިލެޓްރަލް އާއި މަލްޓިލޭޓަރަލް ކަންކަމުގައި ދެ ފަރާތަށްވެސް މުހިންމު އެކިއެކި ކަންކަމުގައި މީގެ ކުރިން އެއްބާރުލުންދީފައިވާ ކަމަށާއި، އަދި ކުރިޔަށް އޮތް ތާންގައި ވެސް އެކަން އެގޮތަށް ކުރިޔަށްދާނެކަމަށް ފާހަގަކުރެއްވެވިއެވެ.
ވަޒީރުގެ މެސެޖު ކުރުކޮށްލެއްވީ، އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްޙަތަކަށް އެދެމުންނެވެ.