ޚަބަރު
ޢަބްދުލްރަޙްމާންގެ ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިންގ/ ފޮޓޯ: ޕޮންޑް5

ފަރުދުން
21 ޖުލައި 2025، 05:22
21 ޖުލައި 2025، 05:22
އއ. މާޅޮހުގައި މަރާލި ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވައިފިކަމަށް ދިވެހި ފުލުހުންގެރ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޢަބްދުލްރަޙްމާންގެ ހަށިގަނޑު އިންޑިޔާގެ ތްރިވަންތަޕޫރަމަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށް ބުނެފައެވެ.
ޢަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ ޖުލައި 13 ވަނަ ދުވަހުގެ ދަންވަރު 01:50 އެހާކަށްހާއިރުގައެވެ. އއ. މާޅޮހުގެ ގެއެއްގެ ތެރޭގައި ނިދާފައި އޮއްވާ އޭނާއަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން އެ ދުވަހުގެ ފަތިހު އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހާރުވެސް ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.