Ads by Stelco

ޚަބަރު

އެފްޑީސީގެ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކަށް ވެސް ލޯން ލިބުމުގައި ދަތިތަކެއް!

އެފްޑީސީގެ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކަށް ވެސް ލޯން ލިބުމުގައި ދަތިތަކެއް!

އެފްޑީސީ އިން ތަރައްޤީކުރަމުންދާ ފްލެޓްތައް

farudhun logo

ފަރުދުން

21 ޖުލައި 2025، 04:15

21 ޖުލައި 2025، 04:15

ހުލާސާ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ ފްލެޓްތަކަށް ކުލި ނުދައްކާ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި ޤާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމަށް އަޕްޑޭޓްކުރަން ކަނޑައަޅާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. 

"ފަރުދުން" އަށް މަޢުލޫމާތު ދެއްވަމުން ހަމްދާން މިގޮތަށް ވިދާޅުވީ  ސޯޝަލް ހައުސިން ޔުނިޓްތަކަށް ކުލި ނުދައްކާ ފަރާތްތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ހަމްދާން ވިދާޅުވިގޮތުގައި އެއްބަޔަކު ޤަވާއިދުން ކުލި ދައްކާއިރު ބައެއް ފަރާތްތަކުން ދިގު މުއްދަތެއްވަންދެން އެއްވެސް އުޒުރަކާ ނުލާ ކުލި ނުދައްކާ ކަމަށެވެ. މިއީ ޤަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ހުރި ބޭއިންސާފެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. 

އެހެންވީމަ ތަންކޮޅެއް ފުދުންތެރިކަން ނެތް ފަރާތެއްގެ އެދުމުގެ މަތިން އެމްއެމްއޭއިން ކްރެޑިޓް ރޭޓިން ރިޕޯޓެއް ދޫކުރާނެ ކަމަށް ހަމްދާން މަޢުލޫމާތުދެއްވިއެވެ. އެ ކަސްޓަމަރެއްގެ އާމްދަނީ ހުރީ ކިހާވަރަކަށް ކަމާއި ދަރަންޏެއް ނުވަތަ ލޯނެއް ހުރިކަން އޭގެއިން ހާމަވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މާލީ ޙާލަތު ނިކަމެތި ފަރާތެއްވެއްޖެއްޔާ އެކަސްޓަމަރަކަށް ލުއި އޮޕްޝަންތަކެއް ހޯދޭނެ ގޮތަކަށް ހައްދަވާދެއްވާނެ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ. 

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި 4000 ފްލެޓް މަޝްރޫޢުގެ 2 ކޮޓަރިއާއި 3 ކޮޓަރީގެ ފްލެޓްތަކުގެ ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ ސަބްސިޑައިޒް ރެންޓެއް އޭގެ ތެރެއިން އެފްޑީސީ އިން ތަޢާރަފްކުރާނެ ކަމަށެވެ.  އޭގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރާއިރު ޑިޕޮޒިޓެއް ހުށަހަޅާގޮތަށް ވެސް ހަދާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. އެއީ 2 ކޮޓަރީގެ ޔުނިޓަށް 15،000 ރުފިޔާ، 3 ކޮޓަރީގެ ޔުނިޓަށް 25،000 ރުފިޔާގެ ޑިޕޮޒިޓް ދައްކަންޖެހޭ ގޮތަށް ކަމުގައި ހަމްދާން ވިދާޅުވިއެވެ. 

މި މޭރުމުން ވާހަކަދައްކަވަމުން ހަމްދާން ވަނީ ކުލި ނުދައްކާ ފަރާތްތަކަށް ސަަބްސިޑީ ދިނުމަކީ ބޭއިންސާފެއްކަން ފާހަގަކުރައްވާފައެވެ. ވީމާ، ޤަވާއިދުން އެ ދައްކަން ޖެހޭ ތާރީޚަށް ކުލި ދައްކާ ފަރާތްތަކަށް 100 އިންސައްތަ ސަބްސިޑީގެ ގޮތުގައި ދެ ކޮޓަރިއަށް 7000 ރުފިޔާ އަދި 3 ކޮޓަރިއަށް 9000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. އެކަމަކު، ކުލި ދެއްކުން ފަސްކުރަމުންގޮއްސަ މަހުގެ 25 އަށް ކުލި ނުދައްކައިފިއްޔާމު އެ ސަބްސިޑީއެއް ނުލިބޭނެ ކަމަށް ހަމްދާން މަޢުލޫމާތުދެއްވާފައިވެ އެވެ. އަދި އެފްޑީސީގެ ފްލެޓްތައް 25 އަހަރު ވަންދެން ކުލި ދައްކައިގެން ލީޒްޑް އޯވންޑް  އެގްރީމެންޓްގެ ދަށުން މިލްކުވެވޭނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން