Ads by Stelco

ޚަބަރު

ކެނދިކުޅުދޫގައި އާރުޓީއެލް ބަހުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވައިފި

ކެނދިކުޅުދޫގައި އާރުޓީއެލް ބަހުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވައިފި

ކެނދިކުޅުދޫގައި އާރުޓީއެލް ބަހުގެ ޚިދުމަތް ފެށުން

farudhun logo

ފަރުދުން

21 ޖުލައި 2025، 03:51

21 ޖުލައި 2025، 03:51

 ނ.ކެނދިކުޅުދޫގައި އާރުޓީއެލް ބަހުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޚިދުމަތް ފައްޓަވައިދެއްވީ، އެމަނިކުފާނު ނ އަތޮޅުގެ ރައްތަކަަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

އާރުޓީއެލް ބަހުގެ ޚިދުމަތަކީ ކެނދިކުޅުދޫ ރައްޔިތުން ދެކެމުން އައި ޒަމާންވީ ހުވަފެނުގައި ހަޤީޤީ ކުލަޖެހިގެންދިޔަ ޚިދުމަތެކެވެ. މިޚިދުމަތާއެކު ރަށުގެ އެންމެހާ ރައްޔިތުންނާއި، ދެއަވަށުގެ ސްކޫލްކުދިންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ.  

ކެނދިކުޅުދޫއަކީ ބިމުގެ ގޮތުން ބޮޑު ރަށެއްކަމުން، ރަށުގެ ރައްޔިތުންނާއި ސްކޫލު ދަރިވަރުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވެއެވެ. ނަމަވެސް ބަހުގެ ޚިދުމަތް ފެށުމާއެކު މި ދަތިތަކަށް ނިމުމެއް އަންނާނެކަމަށް ޤަބޫލުކުރެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން