ކޮލަމް

ތަލަވުމަކީ ތަބީޢީ ކަމެއްކަމަށް ޤަބޫލުކޮށް ތަލައިގަ އިސްތިހާރު ޖަހާ އާމްދަނީ ހޯދަން ފަށައިފި

ތަލަވުމަކީ ތަބީޢީ ކަމެއްކަމަށް ޤަބޫލުކޮށް ތަލައިގަ އިސްތިހާރު ޖަހާ އާމްދަނީ ހޯދަން ފަށައިފި

ޝަފީގު ހާޝިމް ތަލައިގައި އިސްތިހާރު ޖަހައިގެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2025، 03:32

21 ޖުލައި 2025، 03:32

ކެރެލާގެ ޓްރެވަލް ވްލޮގަރއެއް ކަމަށްވާ ޝަފީގު ހާޝިމް ވަނީ ތަފާތު އަދި އާދަޔާޚިލާފު މާކެޓިންގެ އުކުޅެއް ބޭނުން ކޮށްފައެވެ. އޭނާ ވަނީ އޭނާގެ ތަލަ ބޯ، އިޝްތިހާރުގެ ބޯޑަކަށް ބަދަލުކޮށްފައެވެ. މި އާދަޔާއިހިލާފު ފިޔަވަޅުގެ ސަބަބުން، އޭނާއަށް ވަނީ ތިން މަސް ދުވަހުގެ ކެމްޕޭނަކަށް 50،000 ރުފީސް (އިންޑިއަން ރުޕީސް) ގެ ފުރަތަމަ ކޮންޓްރެކްޓް ލިބިފައެވެ.

އަލަޕޫޒާ ޑިސްޓްރިކްޓަށް ނިސްބަތްވާ 36 އަހަރުގެ މި ޒުވާނާ ވަނީ  ކޮޗިންގައި ހުންނަ އިސްތަށިގަނޑާއި ހަންގަނޑުގެ ކްލިނިކެއްގެ ލޯގޯ އޭނާގެ ތަލައިގައި ވަގުތީ ގޮތުން ޓެޓޫކޮށްފައެވެ. މި އިޝްތިހާރު، އޭނާގެ ކުރިއަށް އޮތް ޔޫޓޫބް ވީޑިއޯތަކުން  ފެންނާނެއެވެ.

ދަ ނިއު އިންޑިއަން އެކްސްޕްރެސް އަށް ދިން ބަސްދީގަތުމެއްގައި ޝަފީގު ބުނީ، މި ޚިޔާލު އޭނާއަށް އައިސްފައިވަނީ އިސްތަށިގަނޑު ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ގޮތުން ވިސްނަމުންދަނިކޮށެވެ. "ގިނައިރު ވިސްނުމަށްފަހު، ތަލަވުމަކީ ތަބީޢީ ކަމެއް ކަމަށާއި، އޭގައި ލަދުގަންނަންވީ ކަމެއް ނެތްކަން އަހަރެންނަށް އިހުސާސްވި. އަހަރެން ނިންމީ އެކަން ގަބޫލުކޮށް، އެއީ އުފެއްދުންތެރި ފުރުސަތަކަށް ބަދަލުކުރުމަށް" އޭނާ ބުންޏެވެ.

ވީޑިއޯ ރިކޯޑް ކުރާއިރު، އޭނާގެ ތަލައިގައި އިޝްތިހާރުކުރުމަށް ބްރޭންޑްތަކަށް ދައުވަތު ދިނުމެވެ. މި ހުށަހެޅުން ސޯޝަލް މީޑިއާގައި ޝެއާ ކުރުމާއެކު، ވަރަށް އަވަހަށް މީޑިއާގެ އަދި ކޯޕަރޭޓް ސަމާލުކަން އެކަމަށް ލިބުނެވެ.

"މި ޑީލްގެ ދަށުން، އަހަރެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އިސްތިހާރު ސާފުކޮށް ފެންނަ ގޮތަށް މަދުވެގެން ތިން ޔޫޓޫބް ވީޑިއޯ ނެރޭނަން. ބެލުންތެރިންގެ ސަމާލުކަން ހޯދުމަށްޓަކައި އަހަރެންގެ ބޮލަށް ޚާއްސަ އިސްކަމެއް ދެވޭނެ،" ޝަފީގު ބުންޏެވެ.

މި ވަގުތީ ޓެޓޫ ކެމިކަލް ބޭނުންކޮށްގެން ފަސޭހައިން ނައްތާލެވޭނެ ކަމަށްވިޔަސް، ޝަފީގު ބުނަނީ މި ޚިޔާލު ދެމިގެންދާނެ ކަމަށެވެ.
"އިންޑިއާގައި ، އަދި ހަމަ އެހެންމެ ދުނިޔޭގައިވެސް ،ބްރޭންޑް އިޝްތިހާރުކުރުމަށް ތިމާގެ ތަލަ  ކުއްޔަށް ދޫކުރި ފުރަތަމަ މީހަކީ އަހަރެން ކަމަށް އަހަރެން ގަބޫލުކުރަން. މިއީ ވައިރަލް ވުމުގެ ވާހަކައެއް ނޫން. މިއީ ހަށިގަނޑުގެ ސޫރައާ މެދު މުޖުތަމަޢު ދެކޭ ގޮތް ބަދަލުކޮށް، އަމިއްލަ އިތުބާރުގެ ސަބަބުން ދޯހަޅިކަމެއް ކަމަށް ފެންނަ ކަންކަން ހިތްވަރަކަށް ބަދަލުކުރެވޭނެ ކަން ދެއްކުން،" ޝަފީގު ބުންޏެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން