ޚަބަރު
ހެނބަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހެނބަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަރުދުން
21 ޖުލައި 2025، 02:56
21 ޖުލައި 2025، 02:56
ނ.ހެނބަދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
އަދި ހެނބަދޫގައި ގާއިމުކުރާ މި ފިޓްނެސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.
ވަޒީރު ވިދާޅުވީ، މި ފިޓްނަސް ސެންޓަރުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނެސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި، ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހެނބަދޫގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. ހެނބަދޫގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.