Ads by Stelco

ޚަބަރު

ދ އަތޮޅުގެ 5 ރަށެއްގައި "ހާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންގޮސްފި

ދ އަތޮޅުގެ 5 ރަށެއްގައި "ހާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންގޮސްފި

ދ. ހުޅުދެލީގައި ކުރިއަށްގެންދިޔަ 'ހާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

21 ޖުލައި 2025، 11:06

21 ޖުލައި 2025، 11:06

ހުލާސާ

ފަސް ރަށެއްގައި  "ހާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންގޮސް ނިމިއްޖެ

ބާކީ ރަށްރަށުގައި ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ މަޝްވަރާތައް ކުރަމުންދަނީ 

ދ. އަތޮޅުގެ ފަސްރަށެއްގައި "ހާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންގޮސްފިއެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

‏މި ޒިޔާރަތްތަކުގެ ތެރެއިން ދައުލަތުގެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މި ޕްރޮގްރާމު ދ.އަތޮޅުގެ ރަށްތަކުގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް އެ ރަށްރަށުގެ ކައުންސިލުތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެވުޒާރާއިން ވިދާޅުވެފައި ވެއެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެފައި ވަނީ، ދ.އަތޮޅުގެ ބާކީ ރަށްތަކުގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެ ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. ދ.އަތޮޅުގައި މިހާތަނަށް މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މާއެނބޫދޫ، ހުޅުދެލި، ރިނބުދޫ، އަދި ބަނޑިދޫގެ އިތުރުން މީދޫގައެވެ. ދ.އަތޮޅުގައިި މި ހަރަކާތް ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. 

މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޙިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ޙާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން