ދުނިޔެ

ކާނާ ވިހަވެގެން ނަތަންޔާހޫއަށް ފަރުވާދޭން ފަށައިފި

ކާނާ ވިހަވެގެން ނަތަންޔާހޫއަށް ފަރުވާދޭން ފަށައިފި

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޖުލައި 2025، 09:22

21 ޖުލައި 2025، 09:22

އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫއަށް ކާނާ ވިހަވެގެން ފަރުވާދޭން ފަށައިފިއެވެ. 

އުމުރުން 75 އަހަރުގެ ނަތަންޔާހޫ ކާނާ ވިހަވެފައި ވަނީ ނުބައިވެފައި ހުރި އެއްޗެއް ކެވިގެންކަމަށް، ނަތަންޔާހޫގެ އޮފީހުން ވަނީ އިއްޔެ ހާމަކޮށްފައެވެ.

ކާނާ ވިހަވުމުގެ ސަބަބުން ގޮހޮރުގައި އިންފްލެމޭޝަނެއް އުފެދިފައިވާ ކަމަށާއި އަދި ހަށިގަނޑުން ފެން މަދުވެފައިވާކަމަށް ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ. އަދި އޭނާއަށް ފަރުވާދެމުން އަންނަނީ އައިވީ ގުޅައިގެންކަމަށް ވެސް ހާމަކޮށްފައިވެއެވެ.

މި ބަލީގެ ސަބަބުން ކުރިޔަށް އޮތް ތިން ދުވަހު އޮފީހަށް ނުގޮސް، އަރާމު ކުރުމަށް ގޭގައި މަޑުކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. 

ނަތަންޔާހޫއަށް ސިއްޙީ އެކި މައްސަލަތައް މި ފަހުން ދިމާވެފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ޕޭސްމޭކާއެއް ލައްވާފައިވެއެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ވަނީ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭ މައްސަލައަކާ ހެދި ޕްރޮސްޓޭޓް ވެސް ނަގައިފައެވެ. އަދި ހާނިއާ ސާޖަރީއެއް ވެސް ހެދާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން