ދުނިޔެ

ކަރުގައި ފަށެއް އަޅައިގެން ހުރި މީހަކު އެމްއާރުއައި މެޝިނަށް ދަމައިގަނެ ސީރިއަސް ހާލުގައި

ކަރުގައި ފަށެއް އަޅައިގެން ހުރި މީހަކު އެމްއާރުއައި މެޝިނަށް ދަމައިގަނެ ސީރިއަސް ހާލުގައި

އެމްއާރްއައި މެޝިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2025، 05:49

20 ޖުލައި 2025، 05:49

ކަރުގައި ފަަށެއް އަޅައިގެން އެމްއާރުއައި މެޝިނެއް ހުންނަ ކޮޓަރިއަކަށް ވަނުމުގެ ސަބަބުން، މެޝިނަށް ދަމައިގަނެ، މީހަކު ސީރިއަސް ހާލުގައި ނިއުޔޯކްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު، ނަސާއު ކައުންޓީގައި ހުންނަ ނަސާއު އޯޕަން އެމްއާރުއައިގައެވެ. ހާދިސާ ހިނގިއިރު، 61 އަހަރުގެ އެމީހާ އެމްއާރުއައި ކޮޓަރިއަށް ވަދެފައިވަނީ، ސްކޭނެއް ހަދަމުންދަނިކޮށް، ކަރުގައި ބޮޑު ދަގަނޑު ފަށެއް އަޅައިގެން ހުރެ ކަމަށް ނަސާއު ކައުންޓީގެ ފުލުހުން ބުނެއެވެ. އެމްއާރުއައި މެޝިނުގެ ވަރުގަދަ މެގްނެޓިކް ބާރުގެ ސަބަބުން، އޭނާ ކަރުގައި އަޅައިގެން ހުރި ފަށުން އޭނާ ވަނީ މެޝިނަށް ދަމައިގަނެފައެވެ.

ފުލުހުން ބުނެފައިވަނީ، މި ހާދިސާގެ ސަބަބުން އޭނާއަށް ސިއްހީ ގޮތުން "އެޕިސޯޑެއް" ދިމާވެ، އޭނާގެ ހާލު ވަރަށް ސީރިއަސްވެފައިވާ ކަމަށާއި، މިހާރު ހޮސްޕިޓަލެއްގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް، އޭނާގެ ނަމާއި ހާލަތާ ބެހޭ އިތުރު މައުލޫމާތެއް ހުކުރު ދުވަހާ ހަމައަށްވެސް އާންމުކޮށްފައެއް ނުވެއެވެ.

ލޮންގް އައިލެންޑްގައި ހުންނަ ނަސާއު އޯޕަން އެމްއާރުއައިއާ ނޫސްވެރިން ގުޅުމުން، އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނުމަށް އެތަނުން ވަނީ ދެކޮޅު ހަދާފައެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބަޔޯމެޑިކަލް އިމޭޖިންގ އެންޑް ބަޔޯއިންޖިނިއަރިންގ އިން ބުނާ ގޮތުގައި، އެމްއާރުއައި މެޝިންތަކުގައި ވަރުގަދަ މެގްނެޓިކް ބާރެއް ބޭނުންކުރެއެވެ. އެހެންކަމުން ދަގަނޑާއި، ބައެއް ސްޓީލްތަކާއި، އަދި އެހެނިހެން މެގްނެޓިކް މާއްދާތަކަށް ވަރަށް ބޮޑު ބާރެއް މެޝިނުން ދޫކުރެއެވެ. އެ މެޝިންތަކަކީ "ވީލްޗެއާއެއްވެސް ކޮޓަރިތެރެއަށް ދުރަށް އެއްލާލެވޭހާ" ބާރުގަދަ މެޝިންތަކެއް ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން